ކަސްރަތު ކުރުމާ ރަނގަޅު ކާނާ ކެއުމަށްވުރެ ރަނގަޅަށް ނިދޭނަމަ ޞިއްޙަތަށް ކުރާފައިދާ މާބޮޑު! ޢުމުރުވެސް ދިގުވޭ!: ދިރާސާ

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ކަސްރަތު ކުރުމާ ރަނގަޅު ކާނާ ކެއުމަށްވުރެ ރަނގަޅަށް ނިދޭނަމަ ޞިއްޙަތަށް ކުރާފައިދާ މާބޮޑު! ޢުމުރުވެސް ދިގުވޭ!: ދިރާސާ

ކަސްރަތު ކުރުމާ ރަނގަޅު ކާނާ ކެއުމަށްވުރެވެސް ރަނގަޅަށް ނިދޭނަމަ ޞިއްޙަތަށް ކުރާފައިދާ މާބޮޑުކަމަށާއި ރަނގަޅަށް ނިދޭނަމަ ޢުމުރުވެސް ދިގުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

"އަހަރެމެންގެ ހަށިގަނޑުގެ ތެރޭގައިވާ ގާތްގަނޑަކަށް ކޮންމެ ބަޔޮލޮޖިކަލް ޕްރޮސެސްއެއްގައި ވެސް ނިދި މުހިންމު ދައުރެއް އަދާކުރާ ނަމަވެސް އަދިވެސް އެއީ އަހަރެންނަށް ހީވަނީ އާންމުކޮށް އާދައިގެ ކަމެއްގެ ގޮތުގައި ނަގާ ސުލޫކެއް،" 

"މިއީ ހަފްތާ ބަންދަށް ފަސްކުރަން ނުވަތަ މަސައްކަތަށް ނުވަތަ އިޖުތިމާއީ ހަރަކާތްތަކަށް ބަލައިގެން އިސްކަން ދިނުމަށް ފަސޭހަ ކަމެއް ނަމަވެސް ކުރު ނިދި (މަދު ވަޤުތުކޮޅަކު ނިދުން) ލިބުމަކީ ހަގީގަތުގައި ވެސް އަހަރެމެންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ގެއްލުންތަކެއް ލިބޭ ކަމެއް" 

މިއީ ދިރާސާ ހާމަކުރި ޑޮކްޓަރު ބުނެފައިވާ 2 ވާހަކައެވެ. މިފަދަ ހުރިހާ ހޯދުންތަކުންވެސް މިއެނގެނީ މީގެ 1450 އަހަރުކުރިން މުސްލިމުންނަށް އެނގޭކަމެކެވެ. ރޭގަނޑުގެ ކެއުމަށްފަހު ކުރަން ަމޖުބޫރު މަސައްކަތެއް ނެތްނަމަ އަވަހަށް ނިދުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވާ ސަބަބެވެ. އެކަމުން ކުރާނެ ފައިދާއެވެ.  

ހިތާމައަކީ މިޙަދީޘްފުޅަށް ޢަމަލުކުރާ މީހުން މަދުކަމެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން