ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަނީ

މާލޭގައި އިމާރާތްކުރާ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާންގައިވާ ގޮތުން، ހޯދަން ބޭނުންވަނީ ދާރުއްނޫރު ވަޤްފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށްދިނުމުގެ އިތުރުން، އެ އިމާރާތުގެ ކުރެހުންތަކާއި، ބީއޯކިޔު އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެކެވެ. މިއީ އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މުހިންމު ފުރަތަމަ މަސައްކަތްތަކެކެވެ.

މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށް އެ ވުޒާރާއިން ހާމަކުރައްވައެވެ. މިގޮތަށް ހުޅުވާލުމުގެ ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި އިމާރާތް ޢިމާރާތްކުރުމުގެ މަޤްޞަދަކީ ދީނީ ކަންތައްތަކަށް ބޭނުންވާ ވަޤުފު ފައިސާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދީނީ ޚިދުމަތްތައް ފުޅާކުރުމަށް އެހީތެރިވުމެވެ.

މިއަދު އޮންލައިން