އައްޑޫސިޓީގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މިއަދު ވަނީ ހާމަކުރައްވާފައެވެ.
މި ހަރަކާތަކީ ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ޕްރައިވެޓް އިވެންޓެއްގެ ބައެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ސ. ހިތަދޫގައެވެ. މިރޭ 22:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓުގެ މުއްދަތަށެވެ.
މި ހަރަކާތަކީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ޕްރައިވެޓް އިވެންޓެއްގެ ތެރެއިން ހިންގާ ހަރަކާތެކެވެ. މިފަދަ ހަރަކާތްތައް ސިފްކޯގެ ފަރާތުން އަންނަނީ ދޭތެރެ ދޭތެރެއިން ކުރިއަށް ގެންދަމުންނެވެ.