މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ބްރިޖުން ބައެއް މިރޭ ބަންދުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ބްރިޖުން ބައެއް މިރޭ ބަންދުކުރަނީ

ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި، މިރޭ ބްރިޖުން ބައެއް ބަންދުކުރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިއުލާނުކޮށްފަ އެވެ. މި ބަދަލު އަންނާނީ މިރޭ ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެންނެވެ.

ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކުރެވޭނެ އެވެ. މިއީ ބްރިޖްގެ އާންމު ހާލަތު ބެލެހެއްޓުމަށް ކުރާ މެއިންޓެނެންސް މަސައްކަތެކެވެ. މި ބަދަލުގެ ސަބަބުން ބްރިޖް ހުރަސްކުރާ އުޅަނދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަސައްކަތާއި ގުޅޭގޮތުން ޓްރެފިކް ބަދަލުވާނެ ގޮތުގެ ކުރެހުމެެއް ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ބްރިޖް ބޭނުންކުރާ ފަރާތްތަކުން މި ވަގުތު ތަކުގައި ސަމާލުވެ، ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދު އޮންލައިން