ގަލޮޅުގެ ރައްޔިތުންނާ ރައީސް މުޢިއްޒު މިރޭ ބައްދަލުކުރައްވަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ގަލޮޅުގެ ރައްޔިތުންނާ ރައީސް މުޢިއްޒު މިރޭ ބައްދަލުކުރައްވަނީ

މާލޭގެ ގަލޮޅު އަވަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެމީހުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއެހުމަށް ރައީސް މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި އިމާދުއްދީން ސްކޫލްގައެވެ. ސަރުކާރުގެ ފަރާތުން ވަނީ ގަލޮޅު އަވަށުގެ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދަޢުވަތު އަރުވާފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ ޚިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޚާއްސަ އިސްކަމެއް ދެއްވަމުން ކަމަށެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ޚިޔާލު ހިމެނުމަށް މަސައްކަތް ކުރައްވަމުންނެވެ. މިފަދަ ބައްދަލުވުންތަކަކީ ސީދާ ރައްޔިތުންގެ ދިރިއުޅުމަށް ދިމާވާ ދަތިތަކާއި، އަވަށު ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސަށް ސީދާ އެންގެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމެކެވެ. އެހެންކަމުން ގަލޮޅު އަވަށުގެ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ، އެމީހުންގެ ޚިޔާލު ހިއްސާކުރުމަށް ސަރުކާރުން ވަނީ އެދިފައެވެ.

މިއަދު އޮންލައިން