ގަވާއިދާ ޚިލާފަށް ހިންގާ 37 ވިޔަފާރިއެއް ބަންދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 39ސ
ގަވާއިދާ ޚިލާފަށް ހިންގާ 37 ވިޔަފާރިއެއް ބަންދުކޮށްފި

ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލައިފާސްކުރުމުގެ އެންމެ ފަހުގެ އަދާހަމަ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިޤުތިޞާދީ ވުޒާރާއިން ޝާއިޢުކުރި މަޢުލޫމާތުން ދައްކާ ގޮތުގައި، 29 ނޮވެންބަރު 2025 އިން 15 ޑިސެންބަރު 2025 އާ ދެމެދު ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާ ގުޅިގެން ޖުމުލަ 252 ޝަކުވާއެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި 98 ވިޔަފާރިއެއް ބަލައިފާސްކޮށްފައިވާއިރު، 37 ވިޔަފާރިއެއް ބަންދުކޮށްފައިވެއެވެ.

އަދި، އިޤުތިޞާދީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ބަންދުކުރި ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ އިޤުތިޞާދީ ވުޒާރާއާ ގުޅޭ ޤާނޫނުތަކާ ޚިލާފުވެގެން ބަންދުކުރި 25 ވިޔަފާރިއަކާއި، އެހެނިހެން ޤާނޫނުތަކާ ޚިލާފުވެގެން ބަންދު ކުރެވުނު 12 ވިޔަފާރިއެކެވެ. 

މީގެ އިތުރުން އަލުން ހުޅުވުމުގެ ހުއްދަ 08 ވިޔަފާރިއަކަށް ދީފައިވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން