ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް މިރޭ ބައްދަލުކުރައްވަނީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް މިރޭ ބައްދަލުކުރައްވަނީ

ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މިރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ މާލެ ސަރަޙައްދުގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ އެއްބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމަށް ބޮޑު އިސްކަމެއް ދެއްވަމުންނެވެ. މި ސިލްސިލާ ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެބޭފުޅުން ބޭނުންވާ ކަންކަން ދެނެގަތުމެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ޞަލާޙުއްދީން ސްކޫލްގައެވެ. އެހެންކަމުން މި ބައްދަލުވުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ. މި ބައްދަލުވުމުގައި ރައީސްގެ އިތުރުން ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެބޭފުޅުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ދެއްވާ މި އިސްކަމަކީ، ރައްޔިތުންގެ ބައިވެރިވުމާއެކު ދިވެހިރާއްޖެ ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ހާމަކޮށްދޭ ކަމެކެވެ. މި ބައްދަލުވުމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންގެ މުހިންމު ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަޝްވަރާކުރެވޭނެކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން