ކުށުގެ މާހަލުތަކުން މިހާރު ފެންނަނީ އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ކުދިން: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުށުގެ މާހަލުތަކުން މިހާރު ފެންނަނީ އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ކުދިން: ސީޕީ

ކުށުގެ މާހަލުތަކުން މިހާރު ފެންނަނީ އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައިވާ ކުދިން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވަނީ ކުށުގެ މާހަލުތަކުން ކުޑަކުދިން ފެންނަ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.

ސީޕީ ވިދާޅުވީ އެފަދަ މާހައުލުތަކުން ކުރިން ފެންނަ މޫނުތައް މަދުވެ، މިހާރު ފެންނަނީ އައު މޫނުތަކެއް ކަމަށާއި ގިނައީ ކުޑަކުދިން ކަމަށެވެ. އެހެންކަމުން މިއީ މިހާރު އިންތިހާ ދަރަޖައަށް ކަންބޮޑުވުން އޮތް ކަމެއްގެ ގޮތުގައި ސީޕީ ނަވީން ވަނީ ފާހަގަކުރައްވާފައެވެ. އޭނާ އިޝާރާތް ކުރެއްވީ ޢުމުރުން ޅަ ކުދިން ކުށުގެ ޢަމަލުތަކުގައި ބައިވެރިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިތުރަށް ވިދާޅުވީ، "އެންމެ ފަހުން އޯލެވެލް ހެދި ކުދިން ނުވަތަ ކިރިޔާ 18 އަހަރުވެފައި ތިބޭ ކުރިން އަދި 17 އަހަރުގެ ކުދިން މިހާރު އެތަންތަނުން އެފެންނަނީ. ހޮސްޓް ސްޕްޓްސްއޭ މިކިޔާ ތަންތަނުންވެސް މި ފެންނަނީ 17 އަހަރުގެ ކުދިން" ކަމަށެވެ. މިކަމުގެ ސަބަބުން މިހާރު އެފަދަ ތަންތަނުން ކުޑަކުދިން ފެނުމުން، ކުށުގެ ރެކޯޑް ނެތުމުން ނަސޭހަތްދީ ފޮނުވާލާކަމަށްވެސް ސީޕީ ވަނީ ހާމަކުރައްވާފައެވެ.

މިކަމުގެ ކަންބޮޑުވުން ފާހަގަކުރައްވައި، ސީޕީ ނަވީން ވަނީ މިކަމުގައި މައިންބަފައިންނާއި އެފަދަ ކުދިންގެ ބެލެނިވެރިން ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަރިން ގޮސްއުޅޭ ތަންތަން ދެނެގަނެ، ގާތުން އެކުދިންގެ ކަންކަން ބެލުމަށްވެސް އޭނާ ވަނީ ބާރުއަޅުއްވާފައެވެ. މިއީ ޒުވާނުން ކުށުގެ ޢަމަލުތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި މުޖުތަމަޢުގެ އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމެއްކަން ސީޕީގެ ވާހަކަފުޅުން ހާމަވެގެންދެއެވެ.

މިއަދު އޮންލައިން