ހަނިމާދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ހަނިމާދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

ހދ.ހަނިމާދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ މުޅި ރާއްޖޭގައި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށުނު ޚިދުމަތެކެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުތަކަށް ބަލާއިރު، ހދ.ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ޑިސެންބަރުމަހުގެ 17 ވަނަ ދުވަހުއެވެ. މި ޚިދުމަތް ފެށުމާއެކު، ހަނިމާދޫ އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށް ޕާސްޕޯޓާ ގުޅޭ ކަންކަން ކުރުމަށް މާލެއަށް ދަތުރުކުރުމުގެ ބުރަ ކުޑަވެގެންދާނެއެވެ.

މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަކީ އިމިގްރޭޝަނުގެ މުހިންމު އަމާޒެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މީގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ދަތުރުފަތުރުގެ ލިޔެކިޔުންތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.

މިއަދު އޮންލައިން