އެޗްޑީސީން ޅުމާލޭގައި ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
އެޗްޑީސީން ޅުމާލޭގައި ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފިއެވެ.

މި ސެންޓަރު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 9 ގައެވެ. ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ސެންޓަރު ގާއިމްކުރެވުނީ ދެވަނަ ފިޔަވަހީގެ ކަންކަން ބެލެހެއްޓުމަށްޓަކައެވެ.

އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގަމުން އަންނަ ހުރިހާ ކަމެއް މި ކޮމާންޑް ސެންޓަރުން މޮނިޓަރު ކުރެވޭނެ ކަމަށެވެ. މިއީ އެ ސަރަހައްދުގެ އަމަން ބެލެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

މި ސެންޓަރުގެ މަސައްކަތްތައް ބަލަހައްޓާނީ އެޗްޑީސީގެ މުވައްޒަފުން ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އެޗްޑީސީން ވިދާޅުވީ މި ސެންޓަރުގެ ސަބަބުން ދެވަނަ ފިޔަވަހީގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށެވެ.

އެޗްޑީސީގެ މި މަސައްކަތަކީ ހުޅުމާލޭގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

މިއަދު އޮންލައިން