ޗައިނާ ރައްޔިތެއް ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ޗައިނާ ރައްޔިތެއް ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިއްޖެ

ފުލުހުން ބުނި ގޮތުގައި، ހުޅުމާލެ ބޭރުގައި ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހަކީ ޗައިނާ ރައްޔިތެކެވެ. މި މީހާ ކަނޑަށް ވެއްޓިފައިވަނީ ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ޑިސެންބަރު 18 ވަނަ ދުވަހުގެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައެވެ. އަދި މި މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން ވަނީ އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައެވެ.

ފުލުހުން ބުނީ އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މިކަމުގެ މައުލޫމާތު ކޯސްޓްގާޑަށްވެސް ވަގުތުން ވަނީ ދެވިފައެވެ.

ކޯސްޓްގާޑުން މި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރު 13:32 އެހައިކަންހާއިރުއެވެ. މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން