ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ރައީސް އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރައްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ރައީސް އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ އަންނަ އާދިއްތަ ދުވަހުގެ ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބާއްވާ ބައްދަލުވުމެކެވެ.

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ރެހެންދި ސްކޫލުގައި ކަމަށެވެ. ”ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން“ މި ބައްދަލުވުން އޮންނާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ވަނީ މި ބައްދަލުވުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ. ރައީސް ޑރ. މުޢިއްޒު މިހާރުވެސް ގެންދަވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްޓަކައި މިފަދަ ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

މި ބައްދަލުވުންތަކުގެ މަޤްޞަދަކީ ރައްޔިތުންގެ ޝުޢޫރުތައް ސީދާ އަޑުއަހާ، ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ.

މިއަދު އޮންލައިން