"ލޯކަލްް ހާބަރ ރިލީފް ޕްރޮޖެކްޓް"ގެ ދަށުން، ތިލަފުށީގައި ކީވޯލެއް ތަރައްޤީކުރުކުރާނެ ފަރާތެއް ހޯދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
"ލޯކަލްް ހާބަރ ރިލީފް ޕްރޮޖެކްޓް"ގެ ދަށުން، ތިލަފުށީގައި ކީވޯލެއް ތަރައްޤީކުރުކުރާނެ ފަރާތެއް ހޯދަނީ

މާލެ އަތޮޅު ތިލަފުށީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ "ލޯކަލް ހާބަރ ރިލީފް ޕްރޮޖެކްޓް"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތިލަފުށީގައި ކީވޯލެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުވާލައިފިއެވެ.

މި މަސައްކަތަކީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢެއްގެ ފެށުމެވެ.

މި މަޝްރޫޢަކީ އެމްޕީއެލްގެ މާސްޓަރޕްލޭންގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، ބޮޑެތި އުޅަނދުފަހަރަށްވެސް ބަނދަރުކުރެވޭނެފަދަ ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ކީވޯލް ތަރައްޤީކުރުމުގެ މަސައްކަތަކީ، ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ޤާއިމްކުރުމުގެ މަސައްކަތުގެ މުހިންމު ފިޔަވަހިއެކެވެ.

މިހާރު މާލޭގެ ވިޔަފާރި ބަނދަރުން ދަނީ ކެޕޭސިޓީއަށްވުރެ އިތުރަށް ޚިދުމަތް ދެމުންނެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާދިނުމަށް އެމްޕީއެލުން ވަނީ ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.

މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، އިޤްތިޞާދީ ހަރަކާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން