ސްޓޭލްކޯގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް އޮންލައިން ފީޑްބެކް ފޯމެއް އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ސްޓޭލްކޯގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް އޮންލައިން ފީޑްބެކް ފޯމެއް އާންމުކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓޭލްކޯ) އިން އެ ކުންފުނީގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަތުމަށް ޚާއްސަ އޮންލައިން ފީޑްބެކް ފޯމެއް އާންމުކޮށްފިއެވެ.

މި ފޯމަކީ ކުންފުނީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސްޓޭލްކޯއިން މިކަމާ ގުޅިގެން ބުނެފައިވާ ގޮތުގައި، މި ފޯމު އެކުލަވާލާފައިވަނީ ކުންފުނީގެ ޚިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ޚިޔާލާއި ބައިވެރިވުން ހޯދުމަށެވެ. މިހާރު މި ފޯމު ވަނީ ސްޓޭލްކޯގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައެވެ.

ސްޓޭލްކޯއިން ވަނީ ރައްޔިތުންނަށް މި ފޯމު މެދުވެރިކޮށް، ކުންފުނީގެ ޚިދުމަތްތަކާއި ގުޅޭގޮތުން ޚިޔާލު ދެއްވުމަށް ދަޢުވަތު އަރުވާފައެވެ. މި ފީޑްބެކް މެދުވެރިކޮށް ލިބޭ މައުލޫމާތުގެ އަލީގައި، ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސްޓޭލްކޯއިން އުންމީދު ކުރެއެވެ.

 

ފީޑްބެކް ފޯމް: 

https://stelco.com.mv/feedback

މިއަދު އޮންލައިން