މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވައިފިއެވެ. މީގެއިތުރުން، އެ އެއާޕޯޓުގެ އާ ޓާމިނަލް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް މިއަދު ވަނީ ބާއްވާފައެވެ.

އޭޕްރަން ބޮޑުކޮށް ރަސްމީކޮށް ހުޅުވުމާއި، އާ ޓާމިނަލް އިމާރާތުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަނުގެ އިސްވެރިންނާއި، ޕްރޮޖެކްޓް ޕާޓްނަރުންގެ އިތުރުން ކޮންޓްރެކްޓަރުން ވަނީ ބައިވެރިވެފައެވެ.

މާފަރު އެއާޕޯޓް 2019 ވަނަ އަހަރު ހުޅުވައި، ހިންގަމުން އަންނަނީ އައިލެންޑް އޭވިއޭޝަނުންނެވެ. އެ ކުންފުނިން މިއަދު އާއްމުކުރި ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔައީ އެމްޓީސީސީންނެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އާ އޭޕްރަން ތަރައްޤީކޮށް ނިމުމާއެކު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށާއި، ޚާއްޞަކޮށް ޕްރައިވެޓް ޖެޓްތަކަށް ޚިދުމަތް ދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މި ތަރައްޤީއާއެކު އެއާޕޯޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން