ސައްހަނޫން ޔޫއެސް ޑޮލަރުން މުއާމަލާތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު އިއުލާން ކޮށްފިއެވެ. މި މައްސަލައަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ސައްހަނޫން ޔޫއެސް ޑޮލަރުން މުއާމަލާތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެފައިވަނީ، ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާ ފަރާތެކެވެ. މިމީހާއާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންނަށް ހިއްސާކުރުމަށް ވަނީ އެދިފައެވެ.
ވީޑިއޯއިން ފެންނަ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ވަނީ މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.