ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށް، ވަޒީފާއިން ސަސްޕެންޑްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށް، ވަޒީފާއިން ސަސްޕެންޑްކޮށްފި

ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު، މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް، ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ. ފުލުހުންގެ މަސްދަރުތަކުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުލުހެއް ކަމަށްވާ ހިރިލަންދޫ، ދިލާސާގެ، މުޙައްމަދު ނަވާޒް (25އ) އެވެ.

ފުލުހުން ބުނިގޮތުގައި، އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ ވަންދޫ ބަނދަރު މަތިންނެވެ. މުޙައްމަދު ނަވާޒް ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައެވެ.

މިމައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު، އޭނާއަތުގައި އޮތް ބެއަރއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން، އިތުރަށް ބެލިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އެނގިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒް އަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެކެވެ. މިމައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމާއެކު، މުޙައްމަދު ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން