ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް (ކޮއްކޮ) ނިޔާވެއްޖެ؛ ކަށުނަމާދު މިރޭ 11:30 ގައި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް (ކޮއްކޮ) ނިޔާވެއްޖެ؛ ކަށުނަމާދު މިރޭ 11:30 ގައި

ރާއްޖޭގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް (ކޮއްކޮ) މިއަދު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ އުމުރުން 48 އަހަރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް އާދިލް ނިޔާވީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރީން ފެށިގެގެން އޭނާ ގެންދިޔައީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.

އިބްރާހިމް އާދިލް (ކޮއްކޮ) އަކީ ވިއްސަކަށް އަހަރު ޤައުމީ ފެންވަރުގައި ވޮލީގެ ހަރަކާތްތަކުން ފާހަގަކުރެވުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ޤައުމީ ޓީމުގެ ކެޕްޓަން ކަން ވެސް ކޮށްފަ އެވެ. އަދި ރާއްޖޭގެ އެންމެ މޮޅު ވޮލީ ބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ހޯދާފަ އެވެ. އޭނާގެ މި ބަޔާވެގެން ދިއުމަކީ ރާއްޖޭގެ ކުޅިވަރަށް ޚާއްސަކޮށް ވޮލީބޯޅައަށް ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ.

އިބްރާހިމް އާދިލްގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިރޭ 11:30 ގައި މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގަ އެވެ.

މިއަދު އޮންލައިން