ގުރޭޑް 10 އަކުން ދަށުގެ ކުދީންނަށް ސުކޫލަށް ފޯނު ނުގެންދެވޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގުރޭޑް 10 އަކުން ދަށުގެ ކުދީންނަށް ސުކޫލަށް ފޯނު ނުގެންދެވޭނެ: ރައީސް

ގުރޭޑް 10 އަކުން ދަށުގެ ކުދީންނަށް އަންނަ ދިރާސީ އަހަރުން ފެށިގެން ސުކޫލްތަކަށް ފޯނު ނުވެއްދޭނެ ކަމަށާއި، މިކަން ވަރަށް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރަމުން ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ސުކޫލްތަކުގައި ދަރިވަރުން ފޯނު ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ދަށު ގުރޭޑްތަކުގެ ދަރިވަރުން އެގޮތަށް އަމަލު ކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަންނަ ދިރާސީ އަހަރުން ފެށިގެން ގުރޭޑް 10 އަކުން ދަށުގެ އެއްވެސް ކުއްޖަކަށް ސުކޫލަށް ފޯނު ނުގެންދެވޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ނަމަވެސް ގުރޭޑް 11 އަދި 12 ކުދީންނަށް ފޯނު ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ދަރިވަރުންނަށް ފޯނު ގެންދެވުނު ނަމަވެސް ކްލާސް ގަޑީގައި ފޯން ބާއްވަން ޖެހޭނީ އެކަމަށް ޚާއްސަ ލޮކަރުތަކުގައެވެ.

"ކިޔަވައިދޭ ގަޑީގައި ދަރިވަރެއްގެ އަތުގައި ފޯނު އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން