މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގަ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގަ: ވަޒީރު

މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގައި ކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުންނަކީ މުސްތަޤްބަލުގެ ލީޑަރުންނާއި ޤައުމުގެ ބަޠަލުންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މުސްތަޤްބަލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއް ކަމަށެވެ. އެގޮތުން، މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާއި އިޖްތިމާޢީ ސިފަތައް ލިބިގެންވާ، ދީނަށް އަމަލުކުރާ، އަޚްލާގު ރަނގަޅު އަދި ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދައި، ޤައުމަށް ހަވާލުކުރެވޭ ބަޔަކު އުފެއްދުމަކީ ކުރުން މުހިންމުކަމެއްކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވަނީ އިއާދަ ކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޒުވާން އުމުރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ، ހިތްވަރުގަދަ ގިނަ ޒުވާނުން ތިބިކަމަށާއި، އެފަދަ ޒުވާނުންނަކީ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ބޭނުންވާ ބައެއް ކަމަށެވެ. "ޒުވާން ޖޯށާއި ބުންވަރުން މިއަދު ނުނެރުވުނު މުރާލިކަމެއް މާދަމާ ނުނެރެވޭނެ،" ވަޒީރު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޒުވާންކަމުގެ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކީ ހަކަތައިން ގެއްލޭ ދުވަހެކެވެ. އެހެންކަމުން، ކުރަން އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މާދަމާ ކުރެވޭނީ އެކަން ހާސިލްކުރަން މިއަދު ކުރާ މަސައްކަތަކުންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން