10 ނަރުހުން ހޯދުމަށް ފުވައްމުލަކު ހޮސްޕިޓަލުން އިޢުލާނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
10 ނަރުހުން ހޯދުމަށް ފުވައްމުލަކު ހޮސްޕިޓަލުން އިޢުލާނުކޮށްފި

ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، އެ ހޮސްޕިޓަލަށް 10 ނަރުހުން ހޯދުމަށް މިއަދު އިޢުލާނުކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާގޮތުގައި މި މަޤާމުތަކަކީ ދާއިމީ ވަޒީފާތަކެކެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ، ނަރުހުން މަދުވުމުގެ ދައްޗަކީ މިހާރުވެސް އެ ހޮސްޕިޓަލަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ނަމަވެސް، ހޮސްޕިޓަލަށް ބޭނުންވާ އިތުރު ނަރުހުން ވަޒީފާއަށް ވެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ހުއްދަ ދެއްވާފައިވާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއްވިއެވެ.

އެ ހޮސްޕިޓަލުން އިތުރަށް ވިދާޅުވީ، "ޚިދުމަތް ދިނުމަށް ހޮސްޕިޓަލުގައި ނަރުހުން އިތުރުވުމާއެކު އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައްވެސް ރަނގަޅުވެގެންދާނެ" ކަމަށެވެ. މީގެ އިތުރުން މިއީ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައިވެސް އެ ހޮސްޕިޓަލުން ސިފަކުރައްވައެވެ.

ފުވައްމުލަކު ހޮސްޕިޓަލަކީ އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ޚިދުމަތް ހޯދަމުންދާ މަރުކަޒަކަށްވާއިރު، އަލަށް އިތުރުކުރެވޭ ނަރުހުންނާއެކު ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިވެ، ޚިދުމަތް ހޯދުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން