އަންނަ މަހުގެ 10ގެ ކުރިން ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވާނިމޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
އަންނަ މަހުގެ 10ގެ ކުރިން ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވާނިމޭނެ: ވަޒީރު

ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ އައު ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

ދައުލަތުގެ މީޑީއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށާފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އަދި މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތްތައް ފޮނުވައި ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޓެކްސްޓް ފޮތްތަކުގެ އިތުރުން، ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމަށް ދޫކުރާ ވައުޗަރތައް ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ "އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތް ފޮނުވާ ނިންމާލެވޭނެ" ކަމަށެވެ.

ތަޢުލީމީ ވުޒާރާގެ އަމާޒަކީ މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ރިޕޯޓް ފޯމް ހަވާލުކުރާއިރު، ފޮތްތަކާއި ވައުޗަރާ ގުޅޭ މަސައްކަތްތައްވެސް ނިންމާލުމެވެ. މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އައު ދިރާސީ އަހަރުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. 

މިއަދު އޮންލައިން