ނޯތު ހާބަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމުގައި ފީ ނުނަގާނެ: އެމްޕީއެލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ނޯތު ހާބަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމުގައި ފީ ނުނަގާނެ: އެމްޕީއެލް

މާލޭ ނޯތު ހާބަރުން ޚިދުމަތް ހޯދާ އުޅަނދުފަހަރުތަކަށް ވަގުތީގޮތުން 1 ނަމްބަރު ޖެޓީއިން ޚިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ނޯތު ހާބަރުގެ ޒޯން އޭގައި އަޅާފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ އުޅަނދު ފަހަރުތައް 1 ނަމްބަރު ޖެޓީ ސަރަޙައްދަށް ބަދަލުކޮށް ޚިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ނަމަވެސް، އެ ސަރަޙައްދަށް އުޅަނދުފަހަރު ވަދެ ކައިރިކޮށް އަދި އަޅާފައި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެން ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއްވައެވެ.

އެ ސަރަޙައްދުގެ ކީވޯލަށް އުޅަނދުތައް ކައިރިކުރުމުގައި އަމަލުކުރާނެ އުސޫލު ހާމަކުރައްވަމުން އެމްޕީއެލްއިން ވިދާޅުވީ، އުޅަނދުތައް ކައިރިކުރެވޭނީ މާލޭ ނޯތު ހާބަރުގެ ޒޯން އޭގެ އެއްގަމު ތޮށީގެ ކިޔު ތަރުތީބުން ކަމަށެވެ. އަދި 1 ނަމްބަރު ޖެޓީގައި އުޅަނދެއް އެންމެ ގިނަވެގެން ބޭއްވޭނީ 10 ދުވަހުގެ މުއްދަތަކަށް ކަމަށާއި، އަލުން ކީވޯލާއި ކައިރިކުރެވޭނީ އަލުން ކިޔުގައި ނޯޓުކޮށް ކިޔު ތަރުތީބުން ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެމްޕީއެލްއިން މި ލުއިތައް ދީފައިވަނީ މިހާރު ކުރިއަށްދާ ދެވަނަ ސެގްމަންޓްގެ މަސައްކަތުގެ ސަބަބުން އުޅަނދުފަހަރަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މިއަދު އޮންލައިން