އާންމުން އެކި އިދާރާތަކަށް އެކިފަހަރު ގޮސް ޚިދުމަތް ހޯދަންޖެހޭގޮތަށް މިހާރު ބައްޓަންވެފައި އޮތް ނިޒާމު މޯލްޑިވްސް 2.0ގެ ތެރެއިން ބަދަލުވެގެންދާނެ: ވަޒީރު އިހުސާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
އާންމުން އެކި އިދާރާތަކަށް އެކިފަހަރު ގޮސް ޚިދުމަތް ހޯދަންޖެހޭގޮތަށް މިހާރު ބައްޓަންވެފައި އޮތް ނިޒާމު މޯލްޑިވްސް 2.0ގެ ތެރެއިން ބަދަލުވެގެންދާނެ: ވަޒީރު އިހުސާން

އާންމުން އެކި އިދާރާތަކަށް އެކިފަހަރު ގޮސް ޚިދުމަތް ހޯދަންޖެހޭގޮތަށް މިހާރު ބައްޓަންވެފައި އޮތް ނިޒާމު މޯލްޑިވްސް 2.0ގެ ތެރެއިން ބަދަލުވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިއީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

ވަޒީރު އިހުސާން ވިދާޅުވީ މޯލްޑިވްސް 2.0ގެ މަސައްކަތުގެ ތެރެއިން އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ގުޅާލެވުމުން، އެއްކަމެއްގައި އާންމުން އެކި އިދާރާތަކަށް އެކިފަހަރު ގޮސް ޚިދުމަތް ހޯދަންޖެހޭގޮތަށް މިހާރު ބައްޓަންވެފައި އޮތް ނިޒާމު މުޅިން ބަދަލުވެގެންދާނެ ކަމަށެވެ. މިއާއެކު އެންމެ "ކްލިކަކުން" އެމީހަކު ހޯދުމަށް މަސައްކަތްކުރާ ޚިދުމަތަކަށް ވާސިލުވުމުގެ ފުރުސަތު އޮންނާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް 2.0 އަކީ ރާއްޖެ ޑިޖިޓަލައިޒްކޮށް ސަރުކާރުގެ އެކި މުވައްސަސާތަކުން ރައްޔިތުންނަށްދޭ ޚިދުމަތްތައް އެއްވިއުގައެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށް، އަވަސް އަދި އިތުބާރު ހުރި ނިޒާމެއް ގާއިމުކުރުމެވެ.

މި މަޝްރޫޢުގެ ދަށުން މިހާރުވެސް ބައެއް އިދާރާތަކުގެ މަސައްކަތްވަނީ މިވިއުގައާއި ގުޅާލާފައެވެ. މި މަސައްކަތުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދެމުންދާ 200 އެއްހާ ޚިދުމަތް މިހާރުވެސް ވިއުގައާއި ގުޅާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ 14 އިދާރާއެއް މިހާރު މިވިއުގައިގެ ތެރެއަށް ގެނެވިފައިވާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ. މި ބަދަލާއެކު ސަރުކާރުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި ޚިދުމަތް ދިނުމުގެ މަރުހަލާތައް އިތުރަށް ހަލުވިވެ، ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން