ބަންކަރިން ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ވަޒީރު ސަޢީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބަންކަރިން ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ވަޒީރު ސަޢީދު

ރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 282 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ބަންކަރިންގެ ޚިދުމަތުން ލިބިފައިވަނީ 192 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް، މިހާރު އެ އަދަދު ވަނީ 282,105,591 ރުފިޔާއަށް އިތުރުވެފައެވެ. މިއީ ކުރީގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް 90 މިލިޔަން ރުފިޔާގެ ބޮޑުވުމެކެވެ.

ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރިން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 17 މިލިޔަން ރުފިޔާ ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު 24 މިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ ޓެކްސް އާމްދަނީއަށް ލިބުނު ގާތްގަނޑަކަށް 8 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

މި މަޝްރޫޢުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، "މީގަ އެންމެ ހިތްހަމަޖެހޭ ކަމަކީ، %76 އަކީ ރާއްޖެއަށް މުޅިން އަލަށް ގެނެސްގެން ބަންކަރ ކުރާ އެއްޗެހި. މިއީ މި ސަރުކާރުގައި ފެށިގެން ދިޔަ ވަރަށް މުހިންމު މަޝްރޫއެއް،" ކަމަށެވެ.

ބަންކަރިންގެ ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިއަދު އޮންލައިން