މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް، އެދުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
މީޑިއާތަކަށް ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް، އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މިއަދު (2025 ޑިސެންބަރު 25) ހުޅުވައިލައިފިއެވެ. މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 2025 ޑިސެންބަރު 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00ގެ ނިޔަލަށެވެ.

މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ "ވަންގަވް" ގެ ތެރޭގައި ޤާއިމު ކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv  ނެވެ.  

މީޑިއާތަކަށް 2025 ވަނަ އަހަރު މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު ވާނީhttps://gazette.gov.mv/gazette/7408 ގެޒެޓްކޮށްފައެވެ.

މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަމަށް އެދޭ މީޑިއާތަކާއި، އެހީއަށް އެދުމަށްޓަކައި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި ތަފްޞީލުތައް ހިމަނާފައިވާއިރު، އެހީ ލިބޭ ފަރާތްތަކަށް ލިބޭ ޖުމްލަ މާކްސް ނުވަތަ ޕޮއިންޓް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެއެވެ. އަދި އެ މީޑިއާއަކަށް ލިބޭ މާލީ އެހީގެ ތަފްސީލާއި ޝަކުވާ ބަލައި ޖަވާބުދާރީވުމުގެ ހުރިހާ މަރުހަލާއަކާއި،  އެހީއަށް އެދި ހުށަހަޅާ ފަރާތުން މުރާޖައާ ކުރަން އެދޭނަމަ، އެ މަރުހަލާގެ ހުރިހާ މުއާމަލާތެއްވެސް ޕޯޓަލް މެދުވެރިކޮށް ކުރެވެން ހުންނާނެއެވެ.

 

މިއަދު އޮންލައިން