ގދ. ފިޔޯރީގެ މަގު ހެދުމުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރ. ޑީ. ސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ، ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނަޡީމްއެވެ. އަރިހުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރ އަޝްރަފް ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގދ. ފިޔޯރީގެ މަގުހެދުމުގެ މަޝްރޫޢު:
ކޮންޓްރެކްޓަރ: އާރް.ޑީ.ސީ
ކޮންޓްރެކްޓް އަގު: 71,208,238.32 ރުފިޔާ
ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީޚް: 25 ޑިސެމްބަރ 2025
ކޮންޓްރެކްޓުގެ މުއްދަތު: 730 ދުވަސް
ހަބަރު: ސަރުކާރު