ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ޕީއެންސީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލުމުން، ޖުމްލަ ގޮނޑިތަކުގެ 97 އިންސައްތަ މަގާމަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ވަނީ ކުރިމަތިލާފައެވެ. މިއަދު ބާއްވާ ޕްރައިމަރީއަކީ އެއް ގޮނޑިއަކަށް އިންތިހާބުކުރަން ޖެހޭ އަދަދަށްވުރެ އިތުރަށް މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށް ބާއްވާ އިންތިހާބެކެވެ.

މި ޕްރައިމަރީ މުހިއްމު ގިނަ ދާއިރާތަކެއްގައި ކުރިއަށްދާއިރު، އޭގެ ތެރޭގައި ބައެއް ސިޓީ ކައުންސިލުތަކުގެ ގޮނޑިތަކާއި އާބާދީ ބޮޑެތި ރަށްރަށުގެ ކައުންސިލް ގޮނޑިތައް ހިމެނެއެވެ. ޕީއެންސީން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ޕާޓީގެ ކެނޑިޑޭޓުން ވާދަކުރާނެއެވެ.

ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ، އެ ޕާޓީގެ އަމާޒަކީ ވެރިކަމުގައި އޮވެ، ލޯކަލް ކައުންސިލް އިންތިހާބުގެ އަޣުލަބިއްޔަތު ކާމިޔާބުކުރާ ފުރަތަމަ ޕާޓީއަށް ވުން ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ވެރިކަމުގައި އޮވެ، ލޯކަލް ކައުންސިލު އިންތިހާބުގެ އަޣުލަބިއްޔަތު ކާމިޔާބުކުރާ ފުރަތަމަ ޕާޓީއަށްވުން،" ފަލާހު ވިދާޅުވިއެވެ.

މިއަދު އޮންލައިން