މިރޭ ކުޅުދުއްފުށި ސިޓީގައި މިރޭ 5 މިނެޓަށް ހަވާ އަރުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 35ސ
މިރޭ ކުޅުދުއްފުށި ސިޓީގައި މިރޭ 5 މިނެޓަށް ހަވާ އަރުވަނީ

ހދ. ކުޅުދުއްފުށި ސިޓީގައި މިރޭ ހަވާ އެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވާގޮތުގައި، މި ހަވާ އެރުވުމަކީ ކުޅުދުއްފުށި ސިޓީ "ބޯޒިޔާރަތް ބީޗް" ހުޅުވުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 އާއި 22:00 އާ ދެމެދުގެ ވަގުތެއްގައެވެ.

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަވާ އެރުވުމުގެ ހަރަކާތް ގާތްގަނޑަކަށް 5 މިނެޓަށް ދެމިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން