ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގަ ކޯޓަށް ޙާޒިރުކުރި 2 މީހުންނަށް ޖަހައިދިނީ 5 ދުވަހުގެ މުއްދަތު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގަ ކޯޓަށް ޙާޒިރުކުރި 2 މީހުންނަށް ޖަހައިދިނީ 5 ދުވަހުގެ މުއްދަތު!

ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ބަންދުކޮށް ކޯޓަށް ޙާޒިރުކުރި 2 މީހުންގެ ބަންދަށް ޖަހައިދީފައިވަނީ 5 ދުވަސްކަމަށް ފުލުހުން ބުނެފިއެވެ.  

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުއިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރުކޮށްފައިކަމަށެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޢާފިޔާ / ހއ. ހޯރަފުށި، އަޙްމަދު ޢަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، މުޙައްމަދު ޢާދިލް (57އ). ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 26 ވަނަ ދުވަހު ކަމަށާއި އަދި މުޙައްމަދު ޢާދިލް ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 27 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

މިދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން