ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ބަލިވެއިނުމުން ހޯދި ލޯބިވެރިޔާ ފަދައިން ހުރިހާ އަންހެނުން ވެއްޖެނަމަ އެންމެ އަންހެނަކަށްވެސް ލަނޑެއް ނުދެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ބަލިވެއިނުމުން ހޯދި ލޯބިވެރިޔާ ފަދައިން ހުރިހާ އަންހެނުން ވެއްޖެނަމަ އެންމެ އަންހެނަކަށްވެސް ލަނޑެއް ނުދެވޭނެ!

އެއީ ޒުވާން ދެމަފިރިންނެވެ. ކައިވެންޏަށް 3 އަހަރެވެ. އަނބިމީހާ އިނީ ވިހަން ގާތްވެފައެވެ. އަނބިމީހާގެ ޙާލަތު ސަބަބަކަށް ދައްކައިގެން ފިރިމީހާ މަސައްކަތްކުރަމުން ދިއައީ ލޯބިވެރިއަކާއި ގުޅޭށެވެ.  

އެއީ ވަރަށް ވިސްނުންތެރި އަންހެނެކެވެ. އޭނާ ވިސްނިއެވެ. އަނބިމީހާ ވިހަން ގާތްވެފައި އިންދައި އަހުރެންނާއި ގުޅެން ބޭނުންވި މީހަކު އަހުރެންނަށްވެސް ހަދާނި ހަމައެހެންނެވެ. އެހެންވެ އޭނާ ވަރަށް މަސައްކަތުން އޭނާގެ ނަންބަރު ހޯދައިގެން ގުޅުން އުފެއްދިއެވެ. ފިރިމީހާގެ ޙަޤީޤަތް ކިޔައިދިނެވެ.  

ފިރިމީހާ އަނބިމީހާއަކަށް ޚަރަދެއް ނުކުރެއެވެ. ވިހަންވާއިރަށް ބޭނުންވާނެ އެއްޗެތިވެސް ގަނެއެއް ނުދެއެވެ. އެކަން އެނގުމުން އެކިސަބަބުތައް ދައްކައިގެން ލޯބިވެރިޔާ އެމީހާގެ އަތުން ފައިށާ ހޯދަން ފެށިއެވެ. އެފައިސާއަށް ގަންނަމުން ދިއައީ އަނބިމީހާ ވިހަންވާއިރަށް ބޭނުންވާނެ ތަކެއްޗެވެ.  

ބަނޑުގައި ރިއްސަން ފެށުމުން އަނބިމީހާ ފުރަތަމަ ގުޅީ ފިރިމީހާގެ ލޯބިވެރިޔާއަށެވެ. ފިރިމީހާ ގެއަށް އައިސް ކުޑައިރުކޮޅެއްވީތަނާ ލޯބިވެރިޔާވެސް ގެއަށް އައެވެ. ގަނެފައި ހުރި ތަކެތި ހިފައިގެންނެވެ. ފިރިމީހާއަށް ހުރީ ބުނާނެ އެއްޗެއް ނުއެނގިފައެވެ. ހީކުރީ އަނބިމީހާގެ ރުހުން ހޯދަން ހަދިޔާދެނީކަމަށެވެ.  

ހޮސްޕިޓަލަށް ދިއައީ 3 މީހުން އެކުގައެވެ. ވިހައި ގަދަވެ 3 ވަނަ ދުވަހު ދޫކޮށްލުމުން އަނބިމީހާ ދިއައީ އޭނާގެ ގެއަށެވެ. ފިރިމީހާ ހީކުރީ މަންމަ ލައްވައި ދަރިފުޅު ބަލަންވެގެން ކުރިކަމެއް ކަމަށެވެ.  

ގެއަށް ގޮސް ތައްޔާރުވެލައިގެން ލޯބިވެރިޔާގެ ގެއަށްގޮސް ބައްދަލުކުރުމުން ބުންޏެވެ. "ކަލޭ އަހުރެންނަށް އޮޅުވައިލީއެވެ. ބަނދަށް 7 މަހުގެ އަންތބަކު އިންދައި އަންތބަކު ނުއިންނަ ކަމަށް ބުނީމެއް ނޫންހެވެ؟ ކަލެއާއި ގުޅިއްޖެނަމަ އަހުރެންނަށްވެސް ހަދާނީ އެހެން ނޫނެ ހެއްޔެވެ؟ އަތުގައި ފައިސާ ނެތްކަމަށްބުނެ ދަރިފުޅަށް ބޭނުންވާނެ ތަކެތި ގަނެނުދީ އަހުރެންނަށް ޚަރަދުކުރީމެއް ނޫން ހެއްޔެވެ؟ ކަލޭގެ އަތުން ހޯދި އެންމެ ރުފިޔޡާއެއްވެސް އަހުރެން ބޭނުމެއް ނުކުރަމެވެ. އަނބިމިހާއަށް ބޭނުންވާނެ އެއްޗެތި ގަނެދިނީއެވެ. މިވަޤުތުން ފެށިގެން އަހުރެންގެ މަތިން ހަނދާން ނައްތައިލާށެވެ. ޑްރާމާ ނިމުނީއެވެ." 

ބުނާނެއ ެއްޗެއް ނުއެނގި ހުރެ ނުކުމެގެން ދިއައީ އަނބިމީހާގެ ގެއަށެވެ. އަނބިމީހާ ބުންޏެވެ. "އަހުރެން ކެތްތެރިވީ ބަލިވެ އިނީތީ ވިހަންދެން އިންނަން ޖެހޭނީ ކަލޭގެ ޢިއްދައިގައި ކަމަށްވާތީއެވެ. މިހާރުވެސް އޮންނާނީ ވަރިވާން ފޯމުލައިފައެވެ. ނުކިޔައި އެލަސްކޮށްދިނީ އަހުރެންގެ އެދުމަށް ވިހަންދެންކަމަށްވެދާނެއެވެ. އަހުރެންނަކަށް ނުއެނގެއެވެ. ވީމާ ދެން މިގެއަށް އަންނާނެ ކަމެއް ނެތެވެ. އިތުރު ވާހަކަ ދައްކަން ނުހަދައި އަވަހަށް ނުކުމެގެންދާށެވެ."  

ލޯބިވެރިޔާވެސް ގެއްލުނީއެވެ. އަނބިމީހާވެސް ގެއްލުނީއެވެ. އަޅުގަނޑު ބުނާނީ ކޮންމެ އަންހެނަކުވެސް އެލޯބިވެރިޔާގެ ވިސްނުމުން ކަންތައް ކުރާނަމަ ލަނޑުލިބޭ އަންހެނުން ވަރަށް މަދުވާނެކަމަށެވެ.  

މިއީ އަޅުގަނޑުގެ އެކުވެރި ފިރިހެނަކަށް ކަންކަން މެދުވެރިވި ގޮތެވެ. ޢިބްރަތް ޙާޞިލުކުރައްވާށެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން