އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވާނެ: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވާނެ: ޑރ. ޝަހީމް

އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ 30 ޙާފިޡުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވަމުންނެވެ.

ޑރ. ޝަހީމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ނިންމައި، އިމްތިހާން ހަދާފައިވާ ކަމަށެވެ. މީގެ އިތުރުން 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާއިރު، އިތުރު އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށްވެސް ވަޒީރު މަޢުލޫމާތު ދެއްވިއެވެ.

ޙާފިޡުން ދަސްވެނިވުމަށް ޚާއްޞަ ކޮށްގެން ބާއްވާ ޙަފްލާ ރަމަޟާން މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ މިއަހަރުގެ މާރޗު މަހުގެ ތެރޭގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، އަންނަ ރޯދަ މަހު ދަސްވެނިވާ 30 ޙާފިޡުންނަކީ ނިސްބަތުން ބަލާއިރު މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މީގެ އިތުރުން، 27 ވިލޭރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ރަސްމިއްޔާތުގައި ޖުމްލަ 42 ޙާފިޡަކު ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން