ބ. ހިތާދޫގައި ބޮޑު ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބަހައްޓަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ބ. ހިތާދޫގައި ބޮޑު ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ބަހައްޓަނީ

ބ. ހިތާދޫ، ދިވެހިރާއްޖެ: ބ. ހިތާދޫގައި ކަރަންޓުގެ ހިދުމަތުގެ ފެންވަރު އިތުރުކޮށް، ގްރިޑްގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރުން ޑީޒަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، 371.8 ކިލޯވޮޓް-ޕީ (kWp) ގެ ސޯލާ ޕީ.ވީ. ކެޕޭސިޓީއާއި 618 ކިލޯވޮޓް-ގަޑީގެ (kWh) ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް (BESS) ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް މިހާރު ދަނީ އިންސްޓޯލް ކުރަމުންނެވެ.

މި ނިޒާމު ބަހައްޓައި، ހިންގަން ފެށުމުން ރަށުން ޑީޒަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަވާނެއެވެ. ލަފާކުރެވޭ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން އަހަރަކު 174,480 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު 427 ޓަނުގެ ކާބަން ޑައިއޮކްސައިޑް (އެމިޝަން) ވައިގެ ތެރެއަށް ދޫކުރެވޭ މިންވަރު މަދުކުރެވޭނެއެވެ.

މިއީ، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް، ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒު ދުރުވިސްނިވަޑައިގެންފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން