މަންމަގެ ހިތުގެ އޮޕަރޭޝަން ނުކުރެވިގެން ސަލާންޖަހަން ނުކުތް ޒުވާނަކަށް ކުޑައިރުކޮޅެއްގެ ތެރޭގައި ބޭނުންފުދި ތަނަވަސް އަންހެނެއްގެ ފިރިމީހާއަށް ވެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
މަންމަގެ ހިތުގެ އޮޕަރޭޝަން ނުކުރެވިގެން ސަލާންޖަހަން ނުކުތް ޒުވާނަކަށް ކުޑައިރުކޮޅެއްގެ ތެރޭގައި ބޭނުންފުދި ތަނަވަސް އަންހެނެއްގެ ފިރިމީހާއަށް ވެވުނު ގޮތުގެ ވާހަކަ-

އެއީ 25 އަަހަރުގެ ޒުވާނެކެވެ. ވަޒީފާއަދާކުރެއެވެ. ލިބޭ ފައިސާ އެކުގައި ހޭދަކުރަނީ މަންމައަށެވެ. އެއީ މަންމަގެ ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދުބޮޑުކަމުންނެވެ. އެކަން އެއީ މައްސަލައެއް ކމަކަށްވެސް ނުދެކެވެ. ދެކެނީ ވާޖިބެއް ކަމަށެވެ. 

ޒުވާނާއަށް ކަންބޮޑުވާންޖެހުނު ކަމަށް ކުރިމަތިވީ މަންމަގެ ހިތުގެ އޮޕަރޭޝަނަށް ގިނަ ޢަދަދެއްގެ ފައިސާ ކުއްލިގޮތަކަށް ހޯދަންޖެހުމެވެ. އެކަން މަންމައަކަށް ނުއަންގައެވެ. މިބުނީ އަތުގައި ފައިސާ ނެތްވާހަކަ މަންމަގެ ގާތުގައި ނުބުނާ ވާހަކައެކެވެ.  

އެއްދުވަހަކު ހިތަށް އެރީ ސަލާންޖަހަން ނުކުތުމަށެވެ. ގެއިން ނުކުމެ ހެދުން ވަރަށް ފަޤީރެއްގެ ހެދުމަށް ބަދަލުކޮށްގެން ގޮސް ސަލާންޖަހާ މީހުން ތިބޭ ސަރަޙައްދެއްގައި މަޑުކޮށްލިއެވެ. ތަންކޮޅެއް ދުރުގައި އެކަންޏެވެ.  

އެހެނެހުއްޓައި މަގުން އައި ޒުވާން އަންހެނަކު އޭނާއަށް ސަމާލުކަން ދިނެވެ. ގޮސް ބައްދަލުކޮށް ތިއަހުރީ ސަލާނަޖްހަންތޯ އާއި ތިއަހައި ޒުވާން ޢުމުރުގައި ސަލާންޖެހުން މަޖުބޫރުކުރުވި ސަބަބާއިމެދު ސުވާލުކުރުމުން ޒުވާނާ އޭނާގެ މަޖުބޫރީ ޙާލަތުކިޔައިދިނެވެ. މިއުޅެނީ ކާންބޯން ނުލިބިގެން ނޫންކަމާއި މަންމަގެ އޮޕަރޭޝަން ކުރެވޭނެ ގޮތެއް ނެތިގެން ކަމަށް ބުންޏެވެ. އަދި މަންމަދެކެ ލޯބިވާ މިންވަރު ކިޔައިދީ މަންމަ ނެތް ދުނިޔެއެއްގައި އޭނާއަށް ނުއުޅެވޭނެކަމަށްވެސް ބުންޏެވެ.  

އަންހެންކުއްޖާއަށް ވަރަށް އަސަރުކުރިއެވެ. ބުންޏެވެ. "ސަލާންޖަހަން ހުންނާނެ ކަމެއް ނެތެވެ. މަންމަގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ދޭނެކަމަށާއި އަވަހަށް އޮޕަރޭޝަންކުރުމަށް ބުންޏެވެ. ހޮސްޕިޓަލުގެ ޚަރަދަށް ބޭނުންވާ ޖުމުލަ ރަނގަޅަށް ބެލުމަށްފަހު އަންގައިލަން ބުނެ އޭނާގެ ބިޒަނަސް ކާދު ދިނެވެ.  

އޮޕަރޭޝަންކުރަން ވައްދަން ކުޑަ ވަޤުތުކޮޅަކަށް ވެފައި ހުއްޓައި އަންހެންކުއްޖާ ހޮސްޕިޓަލަށް ގޮސް ދެމައިންނާއި ބައްދަލުކުރިއެވެ. އަދި މިއައީ އޮޕަރޭޝަނުގެ ކަންކަން ނިމެންދެން މަޑުކޮށްލަން ކަމަށް ބުންޏެވެ.  

ޑޮކްޓަރުން ތިއޭޓަރަށް ވައްދައި މަންމަގެ ހިތް އޮޕަރޭޝަންކޮށް ނިމުނުއިރު އަންހެންކުއްޖާ ވަނީ ޒުވާނާގެ ހިތް އޮޕަރޭޝަންކޮށް ނިންމައިފައެވެ. އޭނާ ބޭނުންވި ގޮތަށް ބަދަލުކުރުވައިފައެވެ. މަންމަގެ އޕަރޭޝަންކޮށް އައިސީޔޫއަށް ބަދަލުކޮށް އެތަނުން ނެރެންވީއިރު ދެ ޒުވާނުން ވަނީ ކައިވެނިކޮށްފައެވެ. 

ހޮސްޕިޓަލުން ދޫކޮށްލުމުން މަންމަ ގެންދިއައީ މަންމަގެ އާދައިގެ ފެންވަރުގެ ގެއަކަށް ނޫނެވެ. އަނހެންކުއްޖާއަށް އޭނާގެ މައިންބަފައިންގެ ކިބައިން ލިބިފައިހުރި ގަނޑުވަރެއް ފަދަ ގެއަށެވެ. އެކައިންވެންޏަށް މިހާރު 20 އަހަރުވީއެވެ. ދެމަފިރިން ދިރިއުޅެމުން އަންނަނީ ވަރަށް ލޯބިންނެވެ.  

ފިރިމީހާ އަނބިމީހާދެކެ ލޯބިވަނީ އޭނާގެ ހުރި ތަނަވަސްކަމަކަށް ނޫނެވެ. އޭނާއަށް އެއްވެސް ގޮތެއް ނެތިފައި ހުރި ވަޤުތު ފޯރުކޮށްދިން އެހީތެރިކަމަށެވެ. 20 އަހަރުވީއިރުވެސް ދިރިއުޅެމުން އައީ އެކަމުގެ އަގުވަޒަންކޮށް ޢަމަލުތަކުން އަނބިމީހާއަށް ޝުކުރުއަދާކުރަމުންނެވެ. ނަތީޖާއަކީ ދެމަފިރިންގެމެދުގައި އޮންނަންޖެހޭ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދެމިތުމެވެ.  

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑަކީ ދަރިންގެ ލޯބި ނުލިބޭތީ ކަރުނައަޅަމުން ގެންދާ މައަކީމެވެ. މިވާހަކަ ކިޔުމަށްފަހު ހިތަށްއެރީ މައިންދެކެ މިވަރަށް ލޯބިވާ ދަރިން ތިބޭނަމަ އެކަމުން މައިންނަށް ކުރާނެ ބޮޑު ފައިދާއެވެ. އަދި އެފަދަ ދަރިންނަށް މާތް ﷲ ލައްވަވާނެ ރަޙްމަތުގެ ބޮޑުކަމެވެ.

 

- މަންމައެއް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން