އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއަށް ވޯކް ޕްލޭސް އިންކްލޫޝަންގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއަށް ވޯކް ޕްލޭސް އިންކްލޫޝަންގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް އޮފީސްތަކުގައި ޤާއިމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވޯކް ޕްލޭސް އިންކްލޫޝަންގެ ނަމުގައި އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ޤަވާއިދު ނަންބަރު 2024/R-9 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ) ޤަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާ އަދާކުރާ އެންމެހާ އޮފީސްތަކުގައި "ޑިސެބިލިޓީ އިންކްލޫސިވް ވާރކްޕްލޭސް" ގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމަށް މި ވުޒާރާ އާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ސެޝަންގައިވަނީ، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުކުރުމަކީ ކޮބައިކަމާއި، މިކަމާއި ގުޅޭ ޤާނޫނާއި ޤަވައިދާއި، އެކުލެވިގެންދާ މިންގަނޑުތަކާއި، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ މުޢާމަލާތްކުރާނެ ގޮތްތަކާއި، އެކްސިސިބިލިޓީ އާއި ގުޅޭ ގޮތުން ބައިވެރިންނަށް މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައެވެ.

ހަމައެހެންމެ، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި މެދު ކުރިން ދެކެމުންއައި ގޮތްތަކާއި، އެ ވިސްނުންތައް ބަދަލުކޮށް އެފަރާތްތައް ވެސް ޝާމިލުކޮށްގެން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން މި ސެޝަނުގައި ވަނީ އަލިއަޅުވާލާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅު ފުއްދުމުގެ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްޤު ލިއްބައިދިނުމަށްޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ހައްޤު ކަށަވަރުކުރުމަށް މިވުޒާރާރިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން