ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ހުޅުވައިފި

އައްޑޫ ސިޓީގައި ހިންގަމުން އައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓު ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަދު އަލުން ހުޅުވައިފިއެވެ. މި ރިސޯޓުގެ ޚިދުމަތްތައް ރަސްމީކޮށް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ޝަންގްރިއްލާ ވިލިނގިލި ރިސޯޓަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި ދަތިތަކާއެކު 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ބަންދުކޮށްފައި އޮތް ރިސޯޓެކެވެ. މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ރިސޯޓު އަލުން ހުޅުވުމަށްޓަކައި ސަރުކާރުން ވަނީ ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. އަދި ރިސޯޓު ހުޅުވުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ސަރުކާރުގެ ފަރާތުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވިގެން ދިއުމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބި، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން