އެންމެ ފަސޭހައިން ކުރެވޭނެ ކަންތައް ކަމަށްވާ ޛިކުރުކުރުން ގިނަ ނުކުރުމަކީ ޤިޔާމަތް ދުވަހު ގިނަބައަކަށް ދެރަވެ ކަރުނައަޅަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެންމެ ފަސޭހައިން ކުރެވޭނެ ކަންތައް ކަމަށްވާ ޛިކުރުކުރުން ގިނަ ނުކުރުމަކީ ޤިޔާމަތް ދުވަހު ގިނަބައަކަށް ދެރަވެ ކަރުނައަޅަންޖެހޭނެ ކަމެއް!

ޤިޔާމަތް ދުވަހުގައި ޢަމަލުތަކުގެ ފަތްފުއްތައް ހުޅުވާލެވޭއިރު ހެޔޮޢަމަލު ކުރިމީހުންގެ އެންމެ ގިނަ ޢަމަލަކަށްވާނީ ޛިކްރު ކުރުމެވެ. އެހެނީ އެއީ އެންމެ ފަސޭހައިން ކުރެވެން އޮތް ކަންތަކެވެ. ވުޟޫކުރާކަށް ނުޖެހެއެވެ. ވަކިތަނެއްގައި ވަކިޚާއްޞަ ފޭރާމެއްގައި ހުންނާކަށް ނުޖެހެއެވެ. އަޢުރަ ނިވާވަނިކޮށް ނިމުނީއެވެ. އަދި ބޭނުން ކޮންމެ ވަޤުތަކުވެސް ކުރަންވީއެވެ. އެވަޤުތަކު ކުރެވެން އޮތް ވަރަކަށްވެސް ކުރަންވީއެވެ.  

އެހިނދު (ޛީކުރުކުރުން ގިނަކުރި މީޒާން އެމީހުންގެ ކޮޅަށް ބޮޑުތަނުން ބުރަވެ، އެމީހުންނަށް ލިބިގެންދާ ޘަވާބާއި ދަރުމަ ފެނުމުން) ޛިކްރު ނުކުރި މީހުން ބުނާނެއެވެ. "އެހާ ފަސޭހަ، ގިނަ ޘަވާބު ލިބޭ ކަމެއް ނުކޮށް ދޫކޮށްލެވުނީތީ ހުރި ހިތާމަ އެއްގެ ބޮޑުކަމާއެވެ!" 

މިފަދައިން ބުނެ ހިތާމަކުރަން ނުޖެހޭނެ މީހަކަށް ވެވޭނީ މިއަދުއެވެ. މިއަދު އެކަމަށް މަސައްކަތްކުރުމުންނެވެ. ޛިކުރުތައް ކިޔަންވީ ކިޔަން އޮތް އެންމެ މަދު ޢަދަކަށް ނޫނެވެ. ވީހާ ގިނައިންނެވެ. މިޘާލަކަށް "އަސްތަޣްފިރުﷲ" ކިޔަންވީ ކޮންމެ ދުވަހަކު 70 ނުވަތަ 100 ފަހަރަކު ނޫނެވެ. ވީހާ ގިނައިންނެވެ. ގިނަގިނައިން ތައުބާވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ޢަމަލުތަކުގެ ތެރެއިން ޢަމަލެކެވެ. ބައެއް ޢިލްމްވެރިން އެއީ އެންމެ ބޮދަށް ރުހިވޮޑިގަންނަވާ ޢަމަލުކަމަށްވެސް ބަޔާންކުރައްވައެވެ.  

ދެއިރު ކިޔާ "ސުބްހާނަﷲ ވަބިޙަމްދިހީ" ކިޔަންވީވެސް 100 ފަހަރަކު ނޫނެވެ. އެއީ ކިޔުން ގިނަކުރިވަރަކަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ މަތިވެރިވެ ހެޔޮކަން ބޮޑުވެގެންދާނެ ޛިކުރެކެވެ.  

އަދި މީނުން ޛިކުރުތައްވެސް ކިޔުން ގިނަކުރާށެވެ! ދުނިޔޭގައިވެސް އަދި ޤިުޔާމަތް ދުވަހުގައިވެސް ދެއްވަވާނެ ގިނަގުނަ ޘަވާބާއި ދަރުމައަށް އުންމީދުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން