ނޮވެންބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު 9 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނޮވެންބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު 9 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ނޮވެންބަރު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަދަދު 9 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެކްސްޕޯޓް އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެއިން ރީ-އެކްސްޕޯޓްކުރި މުދަލުގެ މިންވަރު އިތުރުވުމެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖޭގެ ޖުމްލަ އެކްސްޕޯޓް ވަނީ 9 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު ނުވަތަ ޖުމްލަ އިމްޕޯޓް ވަނީ 30 އިންސައްތަ އިތުރުވެފައެވެ.

ޖުމްލަ އެކްސްޕޯޓް އިތުރުވުމަށް މެދުވެރިވި ސަބަބުތަކަށް ބަލާއިރު، އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ރީ-އެކްސްޕޯޓްގެ ދާއިރާއިންނެވެ. މީގެ ތެރޭގައި 'އެހެނިހެން ރީ-އެކްސްޕޯޓް' ގެ ގިންތިން ލިބުނު އާމްދަނީ އިތުރުވުމާއި، ބޯޓުފަހަރާއި ބޯޓުތަކަށް ބޭނުންކުރާ ޖެޓް ފިއުލް ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވުން ހިމެނޭ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މިއަދު އޮންލައިން