އައު އަހަރަށް މަރުޙަބާ ކިޔުމަށް ކުލަގަދަ ހަރަކާތްތަކެއް މިރޭ ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އައު އަހަރަށް މަރުޙަބާ ކިޔުމަށް ކުލަގަދަ ހަރަކާތްތަކެއް މިރޭ ބާއްވަނީ

އައު އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ހުޅުމާލޭގައި ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ހަރަކާތްތަކަކީ އައު އަހަރުގެ އުފާ ފާޅުކުރުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކެކެވެ.

ވިޒިޓް މޯލްޑިވްސްގެ ފަރާތުން މިކަމަށްޓަކައި "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" ގެ ނަމުގައި ޚާއްޞަ ފެސްޓިވަލެއް ވަނީ ފަށާފައެވެ. މި ފެސްޓިވަލަކީ ދިވެހި ސަގާފަތާއި ކާބޯތަކެތީގެ ތަފާތު ރަހަތައް އެއްތަނަކުން ފެންނާނެހެން ފަރުމާކޮށްފައިވާ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން ކާބޯތަކެތީގެ ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަފާތު ބާވަތްތައް ލިބޭނެ ފުޑް ސްޓޯލްތަކެއް ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން، އެކި އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން މުނިފޫހިފިލުވުމުގެ އެކި ކުޅިވަރުތައްވެސް މި ސްޓޯލްތަކުގައި ކުރިއަށްދާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މިރޭ ބާއްވާ މި ހަރަކާތްތަކާއެކު އައު އަހަރަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް ޖަމާވާނެ ކަމަށް ބެލެވެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ރައްޔިތުންނަށް އުފާވެރި މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާއްވާ ހަރަކާތެކެވެ.

މިއަދު އޮންލައިން