މިހާރަކަށް އައިސް އެކުވެރިއަކު ފައިސާކޮޅަކުން އެދެމުން އެބަބުނެއެވެ. "މިއުޅެނީ އަތްމަތިވެގެންނެވެ. އެއް ހާސް ރުފިޔާ ދީބަލާށެވެ! މުސާރަ ލިބުނީމާ އިތރު ސަތޭކަ ރުފިޔާ އާއިއެކު އަދާކުރާނަމެވެ." މިޙާލަތުގައި އެހުށަހެޅެނީ ރިބާއެވެ. އެމުޢާމަލާތު އެގޮތަށް ކޮށްފިނަމަ އެކުރެވުނީ ރިބާގެ މުޢާމަލާތެކެވެ. ދެވުނީވެސް ރިބާއެވެ. އަދި ހިފުނީވެސް ރިބާގައެވެ.
ރިބާ ޙަރާމް ކުރެއްވެވުމަށްފަހު އެއިރު ރިބާ ހިމެނޭ ގޮތަށް ކުރެވިފައިވާ މުޢާމަލާތުތައް ރިބާއިން ޠޯހިރުކުރަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، رِبا ގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!"
އެކަމަށް ޢަމަލުނުކޮށްފިނަމަ ކުރިމަތިކުރައްވަވައިފާނެ ބިރުވެރިކަންވެސް ވަނީ ވަޙީކުރައްވަވައިފައެވެ. މިއާޔަތްތައް ވިދާޅުވެލައްވާށެވެ!
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 278 ވަނަ އާޔަތުން 281 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ ﴿٢٧٨﴾ فَإِن لَّمْ تَفْعَلُوا فَأْذَنُوا بِحَرْبٍ مِّنَ اللَّهِ وَرَسُولِهِ ۖ وَإِن تُبْتُمْ فَلَكُمْ رُءُوسُ أَمْوَالِكُمْ لَا تَظْلِمُونَ وَلَا تُظْلَمُونَ ﴿٢٧٩﴾ وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿٢٨٠﴾ وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴿٢٨١﴾
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، رِبا ގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ! (278) ފަހެ، ތިޔަބައިމީހުން (ނަށް أمر ވެވިގެންވާ ގޮތަށް) عمل ނުކޮށްފިނަމަ، اللَّه އާއި، އެކަލާނގެ رسول އާގެ حضرة ން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން يقين ކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (رِبا ދޫކޮށް) އެނބުރި رجوع ވެ توبة ވެއްޖެނަމަ ތިޔަބައިމީހުންގެ رأس المال ތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ. (279) އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާނަމައެވެ. (280) އެދުވަހެއްގައި، اللَّه ގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނޭ ދުވަހަކަށް، ތިޔަބައިމީހުން ރައްކާތެރިވެ ބިރުވެތިވާށެވެ! ދެން، ކޮންމެ نفس އަކަށްމެ، އެ نفس އެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ލިބޭނެތެވެ. އަދި، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ. (281)
މިއާޔަތްތަކުން ލިބޭ ބައެއް ފައިދާތައް:
· ރިބާ ކުއުމުން ދުރުހެލިވުމަށް އެންގެވުން
· ﷲ ތަޢާލާއަށް ތަޤްވާވެރިވުމަށް ބާރުއެޅުއްވުން
· ﷲ ތަޢާލާ މުއުމިނުންގެ އަޖުރު ބަޔާން ކޮށްދެއްވުން
· ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވުން