ގިނަ އަނބިން ހޯދުމާ ގިނަ އަންހެނުން ގެންގުޅުމަކީ ސުވަރުގެއާ ނަރަކައާހައި ތަފާތު ދެކަމެއް! ހިތާމައަކީ ގިނަ ބައަކަށް އެކަން ނުވިސްނޭކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ގިނަ އަނބިން ހޯދުމާ ގިނަ އަންހެނުން ގެންގުޅުމަކީ ސުވަރުގެއާ ނަރަކައާހައި ތަފާތު ދެކަމެއް! ހިތާމައަކީ ގިނަ ބައަކަށް އެކަން ނުވިސްނޭކަން!

އަހުރެން މިއުޅެނީ އަނބިންގެ ގޮތުގައި ތިބެ ބައެއް އަންހެނުން ކުށް ނުވަތަ ފާފަނުކުރާކަމަށް ބުނާކަށް ނޫނެވެ. މިއުޅެނީ މިއަދުގެ ގިނަ ބައަކަށް ވިސްނިގެން އުޅޭ ނުބައިކަމެއްގެ ވާހަކަ ބުނާށެވެ. 

އެކަމަކީ ފިރިއަކު ގިނަ އަންހެނުން ގެންގުޅޭއިރު އެކަމަށް ޢާއިލާއިންވެސް ކަންބޮޑުނުވުމެވެ. އެއީ ފިރިހެނުންގެ އާދައެއް ކަމަށް ބަލައި ނިންމައިލުމެވެ. މިއީ ކޮން ގޮތަކުން ކާކު ހުއްދަކުރި ވިސްނުމެއް ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އިސްލާމްދީން މިވިސްނުން ހުއްދައެއް ނުކުރެއެވެ.  

ގިނަ އަނބިން ހުއްދަކުރައްވަވާފައި އެއޮތީ އެތައް ސަބަކަށްޓަކައެވެ. ފިރިހެނުންނަށް ގިނަ އަންހެނުން ބޭނުންވުމަކީ އެއިގެ ތެރެއިން ސަބަބެކެވެ. އެހެންވީމާ ހުއްދަވެގެންވަނީ ގިނަ އަންހެނުން ގެންގުޅުމެއް ނޫނެވެ. ކުޅަދާނަކަން ހުރިނަމަ ގިނަ އަނބިން ގެންގުޅުމެވެ.  

ތަކުރާރުކޮށްވެސް މިބުނަނީއެވެ. ގިނަ އަނބިން ހޯދުމާ ގިނަ އަންހެނުން ގެންގުޅުމަކީ ސުވަރުގެއާ ނަރަކައާހައި ތަފާތު ދެކަމެކެވެ. ސަބަބަކީ ހެޔޮގޮތުގައި ގިނަ އަނބިން ގެންގުޅުމަކީ އަޅުކަމެކެވެ. ޒިނޭކުރުމަކީ އެންމެ ބޮޑުފާފައެވެ. އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުވެގެނެއް ނުވެއެވެ. އެހެންކަމަށްވާއިރު އެއީ ފިރިހެނުންގެ އާދައެއް ކަމަށް ނިންމައިލެވޭނީ ކިހިނަކުންހެއްޔެވެ؟ އެއްކޮޅުގައި ސުވަރުގެއެވެ. އަނެއްކޮޅުގައި ނަރަކައެވެ.  

ހިތާމައަކީ ގިނަ ބައަކަށް އެކަން ނުވިސްނޭކަމެވެ. ގިނަ ޢާއިލާތަކަށްވެސް އެކަން ނުވިސްނޭކަމެވެ. ވީމާ މިވިސްނުން އިޞްލާޙްކުރަން އެބަޖެހެއެވެ. ނަރަކައިން ސަލާމަތްވެވެން އޮތީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން