1- މާތް الله ރުއްސުންލެއްވި أبو أمامة ގެ ކިބައިން ވާރިދު ވެފައިވާ ގޮތުގައި رَسُولُ اللهِ ﷺ حديث ކުރެއްވި އެވެ. اسْمُ اللهِ الْأَعظَم الَّذِى إِذَا دُعِىَ بِهِ أجَابَ فِى ثَلاَثِ سُوَرٍ: سُوْرَة الْبَقَرَة وَ آلِ عِمْرانَ, وَ طـه "މާތް الله ގެ އެންމެ މަތިވެރި اِسْمُ ފުޅު ތިން ސޫރަތެއްގައި ވެއެވެ. އެ اِسْمُ ފުޅަކީ އެއިން دُعَاء ދެންނެވިއްޖެނަމަ، އިޖާބަ ކުރައްވާނޭ اِسْمُ ފުޅެކެވެ. މިތިން ސޫރަތަކީ الْبَقْرَة سُوْرَة އާއި آلُعِمْرَان سورة އާއި طـه سُورة އެވެ."
أبُو أُمَامَةُ ވިދާޅުވި އެވެ. އެ إسْمُ ފުޅު އައިސްފައިވާ އާޔަތްތައް ފެނިވަޑައިގަންނަވާތޯ މަސައްކަތް ކުރެއްވީމެވެ. ތިމަން ކަލޭގެފާނަށްއެއިސްމު ފުޅު ފެނިވަޑައިގަތީ الْبَقْرَة سُوْرَة ގައިވާ آيَة الْكُرْسِىންނާއި آلُ عِمْرَان سورة ގައިވާ اللهُ لاَإلَهَ إلاَّ هُوَالحَيُّ الْقَيُّوْمُ އާޔަތުންނާއި، طـه سُورة ގައިވާ وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ , މިއާޔަތުންނެވެ.- أخرج الطبرانى ولبيهقى وأحمد و إبن ماجه
2- މާތް الله ރުއްސުންލެއްވި إبن مسعود ވިދާޅުވި އެވެ. މީހަކު ދެންނެވިއެވެ. އޭ الله ގެ ރަސޫލާ އެވެ. އޭގެ ސަބަބުން މާތް الله އަޅުގަނޑަށް މަންފާދެއްވާނެ އެއްޗެއް އުނގަންނާ
ދެއްވާށެވެ. حديث ކުރެއްވި އެވެ. إقْرَأْ آيَةَ الكُرْسِى فَإِنَّهُ يَحْفَظُكَ وَذُرِّيَّتِكَ وَيَحْفَظُ دَارَكَ حتّى الدُّوَيْراتِ الَّتِى حَوْلَ دَارِكَ – ކަލޭ آيَةُ الْكُرْسِى ކިޔަވާށެވެ. ފަހެ އެއީ ކަލެއާއި ކަލޭގެ ދަރިފަސްކޮޅާއި ކަލޭގެ ގެ ރައްކާތެރި ކުރާނެ آنة އެކެވެ. އަދި ކަލޭގެ ގޭގެ ވަށައިގެންވާ ގެތައްވެސް މެއެވެ."
3- މާތް الله ރުއްސުން ލެއްވި عَبْدُ الرَّحْمَانُ بن عَوْفُ އެކަލޭގެފާނުގެ ގެކޮޅަށް ވަދެވަޑައިގެން އެތާނގެ ކަންކަނުގައި آيَةُ الْكُرْسِى ކިޔަވާ ވިދާޅުވި ކަމަށް إبن أبى شيبة އާއި أبويعلىއާއި إبن المنذرއާއި إبن عاكر، ރިވާކުރެއްވިއެވެ.
4- މާތް الله ރުއްސުންލެއްވި الْحَسَنُ بن على ގެކިބައިން ވާރިދު ވެފައި ވެއެވެ. رَسُولُ الله ﷺ , حَدِيْثْ ކުރެއްވި އެވެ. مَنْ قَرَأَ آيَةَ الْكُرْسِى فِى دُبُرِ الصَّلاَةِ الْمَكْتُوْبَةِ – كَانَ فِى ذِمَّةِ الله الَى الصَّلاَةِ الْأُخْرَى
- أخرجه الطبرانى-
فرض ފަސް ނަމާދަށްފަހު آية الكرسى ކިޔަވާ ކޮންމެމީހަކު އަނެއް ނަމާދާ ޖެހެންދެންހުންނާނީ الله ގެ ރައްކައުތެރި ކަމުގައެވެ.
5- މާތް الله ރުއްސުންލެއްވި أنسُ ގެފާނުގެ ކިބައިން ރިވާ ވެގެން ވެއެވެ. رسول الله ﷺ حديث ކުރެއްވިއެވެ. مَنْ قَرَأَ فِى دُبُرِ كُلِّ صَلاَةٍ مَكْتُوبَةٍ آيَةَ الْكُرْسِىِّ حُفِظَ إِلى الصَّلاَةِ الأخْرى وَلاَيُحَافِظُ إلاَّ نَبِيٍّ أوْصِدِّيْقٌ أَوْشَهِيْدٌ, فرضُ ކޮންމެ ނަމާދަކަށްފަހު آيَةالْكُرسِى ކިޔަވާ މީހަކު އަނެއް ނަމާދާ ޖެހެންދެން ރައްކައުތެރި ކުރެއްވިގެން ވެއެވެ. ނަބީބޭކަލުންނާއި صدِّيقންނާއި شهيدން ފިޔަވައި އެހެން ބަޔަކު އެކަމަށް ރައްކައުތެރިވެ، ދެމި ނުހުރެއެވެ."
6- على ގެފާނު ވިދާޅުވި އެވެ. رَسُولُ الله ﷺ حديث ކުރެއްވި އަޑު އެއްސެވީމެވެ. مَنْ قَرَأَ آيَةَ الْكُرْسِىِّ فِى دُبُرِ كُلِّ صَلاَةٍ لَمْ يَمْنَعَهُ مِنْ دُخُولِ الْجَنَّةِ إلاَّ الْمَوْتُ وَمَنْ قَرَأَهَا حِيْنَ يَأْخُذُ مَضْجَعَةُ أَمَّنةَ الله عَلَى دَارِهِ وَدَارجَارِهِ وَأَهْلِ دُوَيَرَاتٍ حَوْلَهُ – البيهقى –
ކޮންމެ ނަމާދަކަށްފަހު آيَةَ الْكُرْسِى ކިޔަވާ މީހަކު ސުވަރުގެ ވަނުން މަނާކުރާ އެއްވެސް އެއްޗެއް ނުވެއެވެ. މަރުފިޔަވައެވެ. ނިދަން އޮށޯންނަމުން އެ آية ކިޔަވާ މީހަކު މާތް الله ރައްކާތެރި ކޮށްދެއްވާނެއެވެ. އޭނާގެ ގެއާއި އޭނާގެ އަވަށްޓެރިޔާގެ ގެއާއި އޭނާގެ ގޭގެ ވަށައިގެން ހުންނަ ކުދިގޭގޭގެ މީހުންނެވެ."
7- މާތް الله ރުއްސުންލެއްވި أبوهريرة ގެ ކިބައިން ވާރިދު ވެގެން ވެއެވެ. مَنْ قَرَأ حم المُؤمِنَ إلَى " إلَيْهِ الْمَصِيْرُ" وَآيَةَ الكُرسِى حِينَ يُصْبِحُ حُفِظَ بِهِمَا حَتّى يُمْسِىَ وَمَنْ قَرَأَهُمَا حِيْنَ يُمْسِىَ حُفِظَ بِهِمَا حَتَّى يُصْبِحَ(أخرجه الدارمى والترمذى )
غافر سورة ފަށައިގެން إلَيْهِ الْمَصِير މިހިސާބަށާއި، آيَةُ الكرسى ހެނދުނު ކިޔެވި މީހަކު ހަވީރު ވަންދެން ރައްކައުތެރި ވެގެން ވާނެއެވެ. އަދި އެދެ آية ހަވީރު ކިޔެވި މީހަކު ހެނދުނު ވަންދެން ރައްކައުތެރި ވެގެން ވާނެއެވެ.
8- މާތް الله ރުއްސުންލެއްވި فاطمة ގެފާނުގެ ކިބައިން ވާރިދު ވެގެން ވެއެވެ. އެކަމަނާ ރައްކައުވެ ވަޑައިގަންނަވަން ކައިރި ވުމުން أمُّسَلْمَة އާއި زَيْنَبُ بِنْتُ جَحْشُ އެކަމަނާގެ އަރިހަށް رَسُوْلُ الله ގެފާނު ފޮނުއްވެވިއެވެ. އަދި އެކަމަނާގެ އަރިހުގައި ތިއްބަވައިގެން آيَةَ الْكُرْسِى އާއި يونس سورة ގެ ތިންވަނަ آية އާއި سورة الفلق އާއި سورة الناس ކިޔަވާ ވިދާޅުވުމަށް އެންގެވިއެވެ."
9- މާތް الله ރުއްސުން ލެއްވި عائشة ގެ ފާނުގެ ކިބައިން ވާރިދު ވެގެންވެއެވެ. އެއްދުވަހަކު މީހަކު رسول الله ﷺ ގެ އަރިހަށް އައިސް އޭނާގެ ގޭގެ ތަކެތި ބަރަކާތުން ހުސްވެގެންވާ ކަމަށް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވި އެވެ. آية الكرسى ކޮބައިހެއްޔެވެ؟ އެ آية ކިޔެވޭ ކޮންމެ އެއްޗެއްގައި މާތް الله ބަރަކާތް ލައްވާ އިތުރުކޮށް ދެއްވައެވެ.
10- أبوقتادة ގެ ކިބައިން ވާރިދުވެގެންވެއެވެ. الله ގެ ނަބިއްޔާ حديث ކުރެއްވިއެވެ. مَنْ قَرَأ آيَةَ الْكُرْسِى وَخَوَاتِيمَ سُوَرة الْبَقَرة عِنْدَ الْكُرَبِ أغَاثَهُ الله تَعَالَى – آية الكرسى އާއި الْبَقْرة سُورة ގެ ނިމޭ آية ތައް، މުޞީބަތެއް ޖެހުމުން ކިޔެވިމީހަކު، އަރަހުށި މާތް الله އެކަމުން ސަލާމަތް ކޮށްދެއްވާނެ އެވެ.
- އަލްމިންބަރު މަޖއްލާއިން