ކޯހުގައި ކުރިއަށް ނުދެވުމުން ރޭއަޅުކަންކޮށް ޛިކުރުކޮށް ދުޢާކުރަން ފެށުމުން ހުރިހާ ކަމެއް ފަސޭހަވެގެންދިއަ އަންހެން ޓީޗަރެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ކޯހުގައި ކުރިއަށް ނުދެވުމުން ރޭއަޅުކަންކޮށް ޛިކުރުކޮށް ދުޢާކުރަން ފެށުމުން ހުރިހާ ކަމެއް ފަސޭހަވެގެންދިއަ އަންހެން ޓީޗަރެއްގެ ވާހަކަ-

އަޅުގަނޑަކީ ޓީޗަރަކީމެވެ. ފިރިއަކު އެބަހުއްޓެވެ. މާސްޓަރސް ހެދުމުގެ ނިޔަތުގައި ކޯހުގައި ބައިވެރިވީމެވެ. ކިޔަވަންވެސް ފެށީމެވެ. އެކަމަކު ތަފާތު ހުރަސްތައް ކުރިމަތިވެ ފުރަތަމަ ފަހަރު ކޯހުން ވަކިވީއެވެ.  

އެވަރުން ނިންމައިލާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ ފުރަތަމަ ކަމަކަށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކތަފެށީމެވެ. ރޭއަޅުކަންކުރަންފެށީމެވެ. ޛިކުރުކުރުމާ ދުޢާކުރުން ގިނަކުރީމެވެ.  

ދަންވަރު .30ގައި ތެދުވަމެވެ. ރޭއަޅުކަންކުރަނީ އެގަޑީގައެވެ. ހޭލައި ވަޤުތު ހޭދަކުރާތީ ދިރިއުޅުމުގެ ކަމަކަށްވެސް ވަޒިފާއަކަށްވެސް އެއްވެސް އުނދަގުލެއް ނުވެއެވެ. ކަންކަން ދިއައީ އިތުރަށް ފަސޭހަވެގެންނެވެ.  

އެކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ފެނުނެވެ. ދިރިއުޅުމުގެ ކަންކަމަށްވެސް ހެޔޮ ބަދަލުތަކެއް އައެވެ. ކަންކަން ކުރަން ކުރިން އޮތް ބުރަކަން އެކުގައި ފިލައިގެންދިއައެވެ. ނަތީޖާއެއްގެ ގޮތުން އަލުން ކިޔަވަން ފަށައި މާސްޓާސްވެސް މިހާރުވަނީ ލިބިފައެވެ.  

އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް ކުރެވުނު މިތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލުމަށެވެ. އެއީ އަޅުގަނޑަށް ދިމާވިގޮތް ދިމާވާ ކިޔުންތެރިންނަށް ހިތްވަރަކަށެވެ. މިއަދުނޫހަށް ޙިއްޞާމިކުރީ މިބާވަތުގެ ޙާދިސާތަކާއި ދީނީ ލިޔުންތައް މިއަދުނޫހުން ފެނި ކިޔަމުންގެންދާތީއެވެ. އަޅުގަނޑުފަދައިން ގިނަ ބައަކު ކިޔާނެތީއާއިވެސް އެކުގައެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން