ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނިކުރުމަށްފަހު އެއީ ދެމީހުންގެ އެކަނި ގުޅުމެއްކަމަކަށް ނުހެދޭނެއެވެ. 3 ވަނަ ފަރާތެއްވެއެވެ. އެއީ ﷲ ތަޢާލާއެވެ! އެހެނީ ކައިވެނިކުރުމަށްފަހު އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް ކަނޑައަޅުއްވަވާފައިވަނީ ﷲ ތަޢާލާއެވެ.
ހަމައެކަނި އެޙައްޤުތައް ކަނޑައެޅުއްވެވީއެއްވެސް ނޫނެވެ. އެޙައްޤުތައް އަދާކުރުމުން ޘަވާބުވެސް ދެއްވަވާނެތެވެ. އަދި އަދާނުކުރުމުން ފާފަވެރިވެ ޢަޛާބުވެސް ދެއްވަވާނެތެވެ. އެހެންކަމަށްވާއިރު ކައިވެނިކުރުމަށްފަހު އެމީހަކު ބޭނުންވާހައި ގޮތަކަށް ކަންކަން ކުރެވެން އެބައޮތް ހެއްޔެވެ؟
ލޮބުވެތި ފިރިންނޭވެ! އަނބިމީހާއަށް ހެޔޮކޮށް ހިތަންވީ އޭނާގެ ސިފަ ރީތިކަމަކުންނޫނެވެ. ތިބާ ބުނާހައި ގޮތަކަށް ކަންތައްތައް ކުރާތީއެއްވެސް ނޫނެވެ. ތިބާގެ އިތުރުން އަނބިމީހާވެސް ގެއަށް ފައިސާ ވައްދާތީއެއްވެސް ނޫނެވެ. ފިރިމީހާކަމަށްވީތީއެވެ. އެއީ ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤަކަށްވާތީއެއް ނޫނެވެ.
ލޮބުވެތި އަނބިންނޭވެ! ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ކިޔަމަންތެރިވާށެވެ! އެކަންކުރަންޖެހޭނީ ފިރިމީހާގެ ތަނަވަސްކަމަށްބަލައިގެނެއް ނޫނެވެ. ތިމާއަށް ހެޔޮކޮށްހިތާ މިންވަރަށް ބަލައިގެނެއްވެސް ނޫނެވެ. ﷲ ތަޢާލާއަށްޓަކައި އަޑާކުރަންޖެހޭ ޙައްޤަކަށްވާތީއެވެ.
މިބުނި މަގުން ބައިވެރިޔާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަން ބޭނުންނުވާނަމަ އޮތީ ދެމީހުން ވަކިވުމެވެ. އެކުގައި ތިބިނަމަ އޮތީ އަނެކާގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމެވެ. ނޫންނަމަ އެމީހަކު އެދަނީ ފާފަވެރިވަމުންނެވެ.
ދެމީހުން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ އެންމެ ތަފްޞީލުތައް މިޚުޠުބާގައި ނުހިމަނަމެވެ. އެތަފްޞީލުތައް ވާނީ ކައިވެނީގެ ޚުޠުބާގައި ވަރަށް ކިޔައިދީފައިކަމަށްވާތީއެވެ.
- ޝައިޚް އަބޫ ޒައިދު ޢިމްރާންގެ ޚުޠުބާއަކުން