ކާން ފަށަމުން ހަނދާން ނެތި ބިސްމިﷲ ނުކިޔައި ކާންފެށިއްޖަނަމަ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ކާން ފަށަމުން ހަނދާން ނެތި ބިސްމިﷲ ނުކިޔައި ކާންފެށިއްޖަނަމަ ޢަމަލުކުރަން އޮތް ގޮތް-

އަހުރެމެން ކާން ފަށަނީވެސް އަދި ފެންބޮނީވެސް ބިސްމިﷲ ކިޔުމަށްފަހުގައެވެ. ނަމަވެސް ބައެއް ފަހަރު ހަނދާން ނެތިގެން ނުކިޔައިވެސް ފެށެވެ. އެކަން އެގޮތަށް މެދުވެރިވެއްޖެނަމަ މިގޮތަށް ޢަމަލުކުރާށެވެ! އަވަހަށް މިފަދައިން ކިޔާށެވެ!

ކާން ފެށުމުގެކުރިން ބިސްމިﷲ ކިޔުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނަމަވެސް ބައެއް މީހުން އެކަން ހަނދާން ނެތި ނިކިޔައި ކާން ފަށައެވެ. ބިސްމިﷲ ނުކިޔައި ކާން ފެށިއްޖެނަމަ ކިޔަން އޮތީ ބިސްމިﷲ އައްވަލުހޫ ވައާޚިރަހޫ އެވެ.  

بِسْمِ الله اَوَّلَهُ وَاخِرَهُ

Ibn Hibbaan (5213) narrated that ‘Abdullah ibn Mas‘ood said: The Messenger of Allah (blessings and peace of Allah be upon him) said:

· “Whoever forgets to mention Allah the beginning of his meal, let him say when he remembers, ‘Bismillah fi awwalihi wa aakhirihi’, for after that it will be like a new meal and that will cancel out any evil that had already befallen him.       

· Classed as saheeh by al-Albaani in as-Saheehah (198  

ރަސޫލް () ޞަޙާބީންގެ ބައަކާއިއެކު ފަރިއްކުޅުއްވަން އިންނަވަނިކޮށް އިތުރު ޞަޙާބީއަކު ވަޑައިގެން ފަރިއްކުޅުއްވަން ފެށްޓެވިއެވެ. އެއިގެ އިރުކޮޅެއްފަހުން ރަސޫލް () ހިނިފުޅުވެޑުވުމުން ހިނިފުޅުވެޑުވި ސަބަބާއިމެދު ޞަޙާބީން ސުވާލު ކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވިއެވެ.  

"ފަހުން ވަޑައިގެންނެވި ޞަހާބީ ފަރިއްކުޅުއްވަން ފެށްޓެވީ (ހަނދުމަފުޅު ނެތިގެން) ބިސްމިﷲ ވިދާޅުނުވެއެވެ. އެހެންކަމުން ޝައިޠާނާ ގެންދިއައީ އެ ޞަޙާބީގެ ތަށިން ކަމުންނެވެ. ޞަހާބީއަށް (ހަނދުމަފުޅުވެގެން) ބިސްމިﷲ އައްވަލުހޫ ވައާޚިރަހޫ ވިދާޅުވުމުން ޝައިޠާނާ އެދިއައީ ކެއިތަކެތި ހޮޑުލަމުންނެވެ." 

The Book About the Etiquette of Eating

Umaiyyah bin Makhshi (May Allah be pleased with him) reported: Messenger of Allah () was sitting while a man was eating food. That man did not mention the Name of Allah (before commencing to eat) till only a morsel of food was left. When he raised it to his mouth, he said: "Bismillah awwalahu wa akhirahu (With the Name of Allah, in the beginning and in the end)." Messenger of Allah () smiled at this and said, "Satan had been eating with him but when he mentioned the Name of Allah, Satan vomited all that was in his stomach."

[Abu Dawud and An-Nasa'i].  

މީސްތަކުންނޭވެ! ކޮންމެ ކަމެއް ކުރަން ފަށަމުންވެސް ބިސްމިﷲ ކިޔާށެވެ! ޙަލާލް ނުވަތަ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ކޮންމެ ކަމެއްކުރި ނަމަވެސް ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެ އިސްމް ފުޅުން އެކަމެއް ކުރަން ފެށުމުން ﷲ ތަޢާލާ އެކަމެއްގައި ބަރަކާތް ލައްވަވާނެތެވެ. ޝައިޠާނާއަށް އެކަމަކާއި ކައިރިއެއް ނުވެވޭނެއެވެ.

ގޭގެ ކުޑަދޮރު ފަދަ ތަނެއް ހުޅުވި ނަމަވެސް ބިސްމިﷲ ކިޔާފައި ހުޅުވުމުން އެދޮރުން ޝައިޠާނާއަކަށް ނުވަދެވޭނެއެވެ. ކެއްކުމަށްފަހު މަތިޖަހަމުންވެސް މަތި ނަގަމުންވެސް ބިސްމިﷲ ކިޔަންވާނެއެވެ. އެއިރުން ޝައިޠާނާއަކަށް ނުކެވޭނެއެވެ. ގެއިން ވަންނަމުން ވެސް ނުކުންނަމުންވެސް އެންމެ ކުޑަމިނުން ބިސްމިﷲ ކިޔަން އާދަކުރާށެވެ. ޝައިޠާނާއަށް ފަހަތުން ނުދެވޭނީ އެއިރުންނެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް މީހުންނަށް މިހާރު އަމަލުކުރެވޭ ގޮތުން ހީވަނީ ބިސްމިﷲ ކިޔުމަކީ ހަމައެކަނި ކާން ފެށުމުގެ ކުރިން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ކާން ފަށަމުން ވެސް ކުރަން ޖެހޭ ކަމެކެވެ. ހަމައެއާއިއެކު ކުރާ ކޮންމެ ކަމެއް ނަމަވެސް ކުރަން ފެށުމުގެ ކުރިން ބިސްމިﷲ ކިޔުމަކީ ހަމަ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން