އަނބިމީހާއަށް ބޭނުންވާ ހުރިހާކަމެއް ކޮށްދޭކަމަށް ބުނާ ގިނަ ފިރިންނަށް އޮންނަނީ އެންމެ ފަސޭހައިން ކޮށްދެވޭނެ އެންމެ ބޮޑުކަންތައް ކޮށްނުދެވި! ވަކިހިސާބަކުން ޙައްލެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަނބިމީހާއަށް ބޭނުންވާ ހުރިހާކަމެއް ކޮށްދޭކަމަށް ބުނާ ގިނަ ފިރިންނަށް އޮންނަނީ އެންމެ ފަސޭހައިން ކޮށްދެވޭނެ އެންމެ ބޮޑުކަންތައް ކޮށްނުދެވި! ވަކިހިސާބަކުން ޙައްލެއް ނުކުރެވޭނެ!

އެންމެ ގިނަ ޒުވާނުންގެ ކަންބޮޑުވުމަކަށްވެފައި އޮންނަ އެއްކަމަކީ އަނބިމީހާގެ ސަމާލުކަން ކުޑަވުމެވެ. ކުރިން ދިން ސަމާލުކަން މިހާރު ނުދޭކަމެވެ. ދެން ޖެހެނީ ސުވާލުތައްކޮށް އެކަން އެގޮތަށްވުމަށް މެދުވެރިވި ސަބަބު އޮޅުންފިލުވާށެވެ.  

ސަބަބު އެނގޭއިރު ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮސްފައި މިއޮންނަނީ އަނބިމީހާއާއިމެދު ޢަމަލުކުރެވޭ ގޮތަކުންނެވެ. މިޘާލަކަށް އަނބިމީހާއަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދޭކަމަށްބުނާއިރު އަނބިމީހާ އެންމެ ބޮޑަށް ބޭނުންވާ ކަންތައް މިއޮންނަނީ ކޮށްނުދެވިއެވެ. އެއީ އެކުގައި ވަޤުތު ހޭދަކުރުމެވެ.  

ބުނަންހެއްޔެވެ؟ އަނބިމީހާއާއިއެކުގައި ވަޤުތު ހޭދަނުކުރާނަމަ ފިރިމީހާއާއި ނުލައި އެކަނި ދިރިއުޅެން ދަސްކުރާނެއެވެ. މަޑުމަޑުން ގޮސް ފިރިމީހާ އާއި ދުރުވާނެއެވެ. އެކަނި ނިދަން އާދަވާނެއެވެ. އަދި ވަކިހިސާބަކުން ފިރިމީހާއަށް ބޭނުން ނުވާންވެސް ފަށާނެއެވެ.  

އަނބިމީހާގެ ކަންކަން މިބުނި ޙާލަތަށް ހިނގައްޖެނަމަ އަނބުރައި ކަންކަން ބަދަލުކުރަން ވަރަށް އުނދަގޫވާނެއެވެ. ސަބަބަކީ އެކުގައި އުޅުނަސް އެއިރުން ފިރިމީހާގެ މުހިންމުކަމެއް ނެތެވެ. ފިރިމިހާއަކަށް ބޭނުމެއް ނުވެއެވެ. 

މިއީ ވަރަށް ގިނައިން ދެއްކޭ ވާހަކައެކެވެ. ދެވޭ ނަޞީޙަތެކެވެ. އަހުރެން އާދޭސްކޮށްފައި މިރޭވެސް ބުނެލަން އޮތީ މިޙާލަތުކުރިމަތިވިޔަނުދޭށެވެ. ކުރިމަތިވެއްޖެނަމަ އަރައިގަތުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.  

އެންމެ މުހިންމު ކަމަކީ ރޭގަނޑުގެ ވަޤުތުތައް އެކުވެރިންނާއިއެކު ހޭދަކުރުން މަދުކުރުން މަދުކުރުމެވެ. އަނބިމީހާއާއިއެކު ހޭދަކުރުމެވެ. އަހުރެމެންގެ ދީނުގައި މިކަމަށް އެހާބޮޑަށް ބާރުއަޅުއްވަވާފައިއެވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން