ވަޒީފާގެ ޔުނިފޯމް ކަމަށްވީނަމަވެސް އަންހެނުން ފިރިހެނުންނާ އެއްގޮތަށް ފޭރާންލުން ހުއްދައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ވަޒީފާގެ ޔުނިފޯމް ކަމަށްވީނަމަވެސް އަންހެނުން ފިރިހެނުންނާ އެއްގޮތަށް ފޭރާންލުން ހުއްދައެއް ނޫން!

ވަޒީފާގެ ޔުނިފޯމެއްގެ ގޮތުން ފިރިހެނުންލާ ގޮތަށް ހަމައެހެދުން އަންހެނުންނަށްވެސް ލާންޖެހޭތީ ކަންބޮޑުވެ ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ޖަވާބު ލިބިލައްވާނެ ލިޔުމެއް ގެނެސްދޭނަމެވެ. އިން ޝާ ﷲ 

މުސްލިމުން އަބަދުވެސް ދެނެގަންނަން ޖެހޭނެ ކަމެއް ވެއެވެ. އެއީ ކޮންމެ ކަމެއްގައި ވެސް އެންމެ އިސްކަން ދޭންޖެހޭނެ ފަރާތަކީ ﷲ ތަޢާލާ ކަމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުން ކަމެވެ.  

މިކަން ހަނދާންކޮށްދޭން މިޖެހެނީ ބައެއް މީހުންނަށް ޢަމަލުކުރެވޭ ގޮތުންނެވެ. އެންމެ އިސްކަންދޭންޖެހޭނީ ވަޒީފާދިން ފަރާތަށް ކަމަށް ބަލައި ﷲ ތަޢާލާގެ އެންގެވުންތަކަށްވުރެ ވަޒީފާ ދިންފަރާތަށް ކިޔަމަންތެރިވުން ކަމުގައި ދެކޭތީއެވެ.  

ވަޒީފާ ދިން ފަރާތަށް ކިޔަމަންތެރިވާންޖެހޭނެއެވެ. ނަމަވެސް އެންމެ އިސްކަމަކީ އެއީއެއް ނޫނެވެ. އެންމެ އިސްކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ.  

މިގޮތުން ފާހަގަކުރެވޭ އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ އަންހެނުން ފޭރާންލައި އުޅޭ ގޮތެވެ. އެކަނބަލުން ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ބުރުގާއަޅައެވެ. ނަމަވެސް ވަޒީފާ ދިން ފަރާތުން ބުނުމުން ގަޔަށް ބާރުހެދުންލައެވެ. ފިރިހެނުން ލައިއުޅޭ ފާރާންލައެވެ. އަދި ފިރިހެނުން ފަދައިން ހެދުން ދަށަށް ޖަހައި ފިރިހެނުން ފަދައިން ތިބެއެވެ.  

އެއިރުން ޢަމަލު އެކުރެވެނީ ރަނގަޅަކަށް ނޫނެވެ. އެކަން އެގޮތަށް ނުކޮށްވާން ނެތްނަމަ އެހެން ވަޒީފާއެއް ހޯދަން މަސައްކަތްކުރާށެވެ. އެމީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތް މިންވަރުކުރައްވަވާނެތެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތް ދޫކޮށްލައި ހޯދާ ބޮޑު މުސާރައިން ކުރާ ފައިދާއަށްވުރެ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހޯދާ ކުޑަމުސާރައިން ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ. އެއީ އެކުދަމުށާރައިގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތީއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން