އީމާންވުމަށާ ހެޔޮޢަމަލުތައް ކުރަން އަވަސްވެ ނުގަންނަ ކޮންމެ މީހަކަށްވެސް ލިބުން ގާތީ މިބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އީމާންވުމަށާ ހެޔޮޢަމަލުތައް ކުރަން އަވަސްވެ ނުގަންނަ ކޮންމެ މީހަކަށްވެސް ލިބުން ގާތީ މިބޮޑު ދެރަ!

ނިކަން ބައްލަވާ ޔަހޫދީންނަށް ލިބުނު ލަނޑު " ޔަހޫދީންނަށް ލިބުނު ލަނޑު" އެމީހުން މަދީނާއަށް ހިޖުރަކޮށްގެން މިތިބީ އެންމެފަހުގެ ނަބިއްޔާ ވަޑައިގަންނަވާތީވެ، އެންމެފަހުގެ ނަބިއްޔާ ނަބީކަމައިގެން ވަޑައިގަންނަވާތީ އެކަލޭގެފާނަށް އިސްތިޤުބާލުކޮށް އެކަލޭގެފާނަށް އެންމެފުރަތަމަ އީމާންވާ މީހުންކަމުގެ ޝަރަފު ލިބިގަތުމަށްޓަކައި އެމީހުން ގޮސްތިބީ އެތަނަށް، މަދީނާއަށް.  

އެކަމަކު ﷲ ގެ ނަބިއްޔާ އެކަލޭގެފާނު ނަބީ ކަމައިގެން ވަޑައިގަތުމުން އެންމެ ފުރަތަމަ އެކަލޭގެފާނާއި ޙަސަދަވެރިވެ އެކަލޭގެފާނަށް ރުޅިވެރިކަން ފާޅުކުރިބަޔަކީ މީ، ޔަހޫދީން. އެމީހުނަކަށް ނަޞީބެއް ނުލިބުނު މައްކާގެ މުޝްރިކުންނާ ދިމާލަށް އެމީހުން އެއްޗެހިގޮވާ އުޅުނު. ތިމަންނަމެން އެންމެފަހުގެ ނަބިއްޔާ ނަބީ ކަމައިގެން ވަޑައިގަތީމާ އެކަލޭގެފާނަށް އެންމެފުރަތަމަ ތަބާވާ މީހުންގެ ގޮތުގައި ތިމަންނަމެން ވާނޫއެވެ. އަދި އެކަލޭގެފާނަށް ތަބާވެ ތިޔަބައި މީހުންގެ ދުވަސް ދުއްވާލާނަމޭ. މިރަށުންވެސް ނެރޭނަމޭ އެމީހުން މައްކާގެ މުޝްރިކުންނާ ދިމާއަށް އެއްޗެހި ގޮވަމުން ދިޔައީ.  

އެކަމަކު މައްކާގެ މުޝްރިކުންނޭ އެކަލޭގެފާނަށް އެންމެފުރަތަމަ އީމާންވީ. މިމީހުނެއް (ޔަހޫދީންނެއް) ނުވި އީމާނެއް. އެހެންވީމާ އެގޮތަކަށް ނުވާނޭ! އެގޮތަށް ތިމާމީހާ އަދި ޚިޔާލު ކުރިކަމުގައި ވިޔަސް އެކަމެއް އެގޮތަކަށް ނުވާނޭ! އޭނަ ފަހުން ރަގަޅުވަން އޭނަ ނިޔަތްގަނެގެން އުޅޭނެ! ފަހަކުން ރަގަޅެއް ނުވެވޭނެ! އޭނައަކަށް ހަމަ ދުވަހެއް ދުވަހަކަށް އޭނަ ނުބައިވާނެ ސަބަބުތައް އޭނަޔަށް މިންވަރުވެގެންދާނެ!  

ދުނިޔޭގައި. އެއީ ދުނިޔޭގައި އަޅުގަޑުމެން ބަލައިލި ކޮންމެ ދިމާއަކުން މިފެންނަނީ ފަސާދަތައް، ފިތުނަތައް، ކިހިނެއް އަޅުގަޑުމެން އެއެއްޗެހިން ސަލާމަތްވާނީ؟ "ކިހިނެއް ސަލާމަތްވާނީ"  

އެހެންކަމުން ރަގަޅުވާން ބޭނުންވާމީހާ އޭނަ ރަގަޅުވުން ލަސްކޮށްގެން ނުވާނެ އެކަން ހިތަށް އެރުމާއެކު އޭނަ އަވަސްވެ ގަންނަންވީ ރަގަޅުވާން ތައުބާވާން އޭނަ އަވަސްވެގަންނަންވީ! ދެން الله سُبْحَانَهُ وَتَعَالَى وَحِى ކުރައްވަނީ، " وَنَذَرْهُمْ فِيْ طُعْيَانِهِمْ يَعْمَهُون "  އެފަދަމީހުން ތިމަން ﷲ ދޫކޮށްލައްވާހުށީމޭ. އެމީހުން އެކުރާ ނުބައިކަންތައްތަކުގެ ތެރެޔަށް ދެފުށުއެޅޭ ބައެއްގެ ގޮތުގައި. އެގޮތަށް އެމީހުން ތިމަން ﷲ ދޫކޮށްލައްވާހުށީމޭ އެމީހުން. ދެން ރަގަޅެއް ނުވާނޭ އެމީހުންނެއް ދެން އެމީހުންނަކަށް އެނުބައި ކަންތައް އިޙުސާސް ވެސް ނުކުރެވޭނެ ތިމަންނަމެން މިކުރަނީ ނުބައި ކަންތަކެކޭ.

 

- ޝައިޚް މުޙައްމަދު އިބާހީމްގެ ދަރުސަކުން

 

 

                                     

 

މިއަދު އޮންލައިން