އަރިއަތޮޅު އުތުރުބުރީ އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ފެށުމަށްޓަކައި އެ ރަށުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ޚިދުމަތާއެކު އެ ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ލޭގެ ތަހުލީލުތައް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި އުކުޅަހު ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.
މިއީ އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފެށުނު ޚިދުމަތެކެވެ.