ތިމާގެ ފަރާތުން އެހެން މީހަކަށް އެސްފީނާ ޖެހިދާނެ ކަމުގެ ބިރު ހިތަށްވަދެއްޖެނަމަ ކިޔުން އެންމެ ރަގަޅު ޛިކްރު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިމާގެ ފަރާތުން އެހެން މީހަކަށް އެސްފީނާ ޖެހިދާނެ ކަމުގެ ބިރު ހިތަށްވަދެއްޖެނަމަ ކިޔުން އެންމެ ރަގަޅު ޛިކްރު-

ގިނަ ފަަހަރު އެސްފީނާ ލެވެނީ ޤަޞްދަކު ނޫނެވެ. މީހުންގެ ކިބައިން ފެންނަ ކަންކަމުގެ ސަބަބުން ޙަސަދަވެރިވެވެނީއެވެ. ދެމަފިރިއަކު ލޯބިން އުޅޭތަން ފެނުން، މީހެއްގެ ދަރިއެއްގެ ކިބައިން އާދައާ ޚިލާފް ހުނަރެއް ފެނުން ފަދަ ކަންކަން މެދުވެރިވުމުންވެސް ޟިބުނި މަގުން ޙަސަދަވެރިވެވެއެވެ. އެހެން ކަމުން މިބަޔާން ކުރަނީ އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ކުރަން އެންމެ ފައިދާހުރި ޛިކުރެވެ.  

ޝައިޚް ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. 

(تَبَارَكَ اللهُ عَلَيْكَ) 

"މީހެއްގެ ކިބައިން ޢަޖައިބު ކުރުވަނިވި ކަމެއްފެނި، ތިމާގެ އެސްފިންނާ އެމީހަކަށް ކޮށްފާނެ ކަމުގެ ބިރު ހީވެއްޖެނަމަ، ކިޔުން އެންމެ ރަގަޅު ޛިކްރަކީ (تَبَارَكَ اللهُ عَلَيْكَ) އެވެ. ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި އެމީހެއްގެ އެސްފިންނާ އެހެން މީހަކަށް ޖެހުނު ހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. 

(هَلَّا بَرَّكْتَ عَلَيْهِ) މާނައަކީ: "އޭނާ އަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރިނަމަ އެވެ."

 

- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން